މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މޯލްޑިވްސް ޕޮލިޓެކްނިކުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

މުސާރަ: މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ސްޓޫޑަންޓް ސަރވިސް ސެކްޝަން، މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ކިޔެވުމުގެ ފުރުޞަތު ހުޅުވައިލާ ކޯސްތަކަށް ދަރިވަރުން ހޯދުމަށް މަސައްކަތް ކުރުން.

2. ކޯސްތައް އިސްތިހާރުކުރުމުގެ މަސައްކަތް ކުރުން.

3. ކޯސްތަކާބެހޭ އެންމެފަހުގެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.

4. ކޯސްތަކަށް ވަނުމަށް އެދޭ ދަރިވަރުންގެ ފޯމުތައް ޗެކްކޮށް ބެލެހެއްޓުން.

5. ކޯސްތަކަށްއެދޭ ދަރިވަރުންގެ ތެރެއިން ޝަރުޠު ފުރިހަމަވާ ދަރިވަރުންގެ ޕްލޭސްމަންޓް ލެޓަރ ތައްޔާރުކޮށް ދޫކުރުން.

6. ކްލާސްތަކަށް ޖާގަދެއްވާ ދަރިވަރުންގެ ރެކޯޑްތައް ދުވަހުން ދުވަހަށް ބަލަހައްޓަމުން ގެންދިއުން.

7. އަލަށް ފަށާ ކޯސްތަކުގެ އޮރިއެންޓޭޝަން ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ފުރިހަމަކުރުން.

8. އަތޮޅުތަކުގައި ހުރި ކެމްޕަސްތަކާއި އަދި ޤާއިމުކުރެވޭ ކެމްޕަސްތަކާއި ކިޔަވާ ދަރިވަރުންގެ ރެކޯޑްތައް ބެލެހެއްޓުން.

9. ދަރިވަރުންގެ އެޓެންޑެންސްގެ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.

10. ދަރިވަރުންނާ ގުޅުންހުރި ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

11. ހަމަޖެހިފައިވާ އުސޫލުގެމަތިން ދަރިވަރުންގެ ނަތީޖާ ދޫކުރުން.

12. ކްލާސްތައް ފުރިހަމަކުރާ ދަރިވަރުންނަށް ދޫކުރެވޭ ސެޓުފިކެޓުތަކާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ފުރިހަމަކުރުން.

13. ރިސެޕްޝަނުގެ ޑިއުޓީއާއި އޮފީހުގެ ޑިއުޓީތައް ގަވާއިދުން އަދާކުރުން.

14. އޮފީސް ހުޅުވައި، އޮފީސް ބަންދުކުރުން (ޒިންމާދާރުކަމާއެކު އޮފީހުގެ ތަންތަން ތަޅުލެވިފައިތޯ ބަލައި، ޗެކްކުރުން)

15. ވަޒީފާގެ މަސްއޫލިއްޔަތުގެ އިތުރުން ހަވާލުކުރެވޭ ރަސްމީ މަސައްކަތްތައް ދުވަހުން ދުވަހަށް ފަރުވާތެރިކަމާއެކު ފުރިހަމަކުރުން.

މަޤާމުގެ ޝަރުޠު:          

ތަޢުލީމީ ފެންވަރު:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޯލޮޖީ / ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ  ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  'އީ  ގްރޭޑް  ލިބިފައިވުމުގެ  އިތުރުން،  ހަޔަރ  ސެކެންޑަރީ  ސްކޫލް  ސެޓުފިކެޓު  އިމްތިޙާނުގައި  'ދިވެހި'  މި  މާއްދާއިން  ދަށްވެގެން  'ސީ'  ގްރޭޑް  ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

ބ. މީގެ އިތުރުން، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނީ، 21 ނޮވެންބަރު 2016 އާއި 29 ނޮވެންބަރު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ނ- މި މަޤާމުގެ އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހެޅިފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ www.polytechnic.edu.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2- ލިބިފައިވާ ހުރިހާ  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްދީގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

3- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

4-  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިޖެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

5- ވަޒީފާއަށް އެދޭފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަގޮތަށް، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ގޮތަކަށް ނަގާފައިވާ ކޮޕީއެއް.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

7- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މޯލްޑިވްސް ޕޮލިޓެކްނިކް (ގ. ރެހެންދި ހިނގުން، 1 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ،2016 ނޮވެންބަރު 20 ވަނަ ދުވަހުގެ 14:00 އެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކުގެ 3305401 ނަންބަރު ފޯނަށް، ނުވަތަ 3305405 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

9 ޞަފަރު 1438

10 ނޮވެންބަރު 2016
ހޯދާ