ދިވެހިރާއްޖެ
އިޢުލާން
ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:
މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 10:00 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ 10:00 އަށް މި ސްކޫލަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް ކޮންމެވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.
ސްކޫލުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ބިޑް އިވެލުއޭޓްކުރުމުގައި މާކްސް ދެވޭގޮތުގެ ތަފުސީލު
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
75 މާކްސް |
ހުށަހަޅާ އަގަށްދެވޭ މާކްސް: މާކްސްދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ %ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގަކަށް. |
(Benchmark Price / Submitted Price) x Allocated Percentage |
ތަޖުރިބާ |
15 މާކްސް |
ތަޖުރިބާއަށް ދެވޭ މާކްސް މާކްސްދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ (އެފަދަ މަސައްކަތެއް ކޮށްފައިވާކަން ސާބިތުކޮށްދެވޭ ހެކިތަކާއެކު) މުއްދަތުގެތެރެއިން އެންމެ ދިގުމުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ދިގުމުއްދަތަށް. |
(Submitted experience duration / Benchmark experience duration) x Allocated Percentage |
މުވައްޒަފުން |
10 މާކްސް |
ސެކިއުރިޓީންގެ ގޮތުގައި ބޭނުންކުރާ މުވައްޒަފުން އަންދާސީހިސާބު ހުށަހަޅާ ކޮންމެ ފަރާތަކުންވެސް މަދުވެގެން 3 ވޮޗަރުން ގެންގުޅެން ޖެހޭނެއެވެ. މިގޮތުން އިތުރަށް ބޭނުންކުރާ ވޮޗަރުންނަށް މާކުސްދޭނީ ހުށަހަޅާ ހުށަހެޅުންތަކުން އެންމެ ގިނަ ވޮޗަރުން ބޭނުންކުރުމަށް ހުށަހަޅާ އަދަދު އެއީ ބެންޗްމާކު އަދަދުކަމުގައި ބަލައިގެން ހުށަހަޅާ އަދަދުން ލިބޭ % އެއް. މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ގިނަ ވޮޗަރުން ހުށަހަޅާ ފަރާތަށެވެ. |
(Number of Security Officers / Bench Mark) x Allocated Percentage |