މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
2014 ވަނަ އަހަރު މާލޭ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 1 އަށް ކުދިންވެއްދުމާ ބެހޭ

2014 ވަނަ އަހަރު މާލޭގައި ހިންގާ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 1 އަށް ކުދިން ވެއްދުމަށް ފުރަން ޖެހޭ މަޢުލޫމާތު ފޯމު މިހާރު ވަނީ މާލޭގެ ޕްރީ ސްކޫލްތަކާ ޙަވާލު ކުރެވިފައެވެ.

މިފޯމުތައް މިނިސްޓްރީއަށް ލިބުމުން މާލޭގެ ސަރުކާރު ސްކޫލްތަކުގައި ގްރޭޑް 1 އަށް ޖާގަ އޮތް މިންވަރަށް ކުދިން ހަމަޖެއްސުމުގެ މަސައްކަތް މިމިނިސްޓްރީން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޕްރީ ސްކޫލްތަކުން ފޮނުވާ ފޯމުތަކުގައިވާ ކުދިންނަށް ޖާގަ ހަމަޖެއްސުމަށްފަހު އިތުރަށް ޖާގަ އޮތްނަމަ އެހެން ކުދިންނަށްވެސް ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވެއެވެ.

މާލޭގެ ޕްރީ ސްކޫލްތަކުން މިފޯމުތައް މިމިނިސްޓްރީއަށް ފޮނުވުމަށް ހަމަޖެހިފައިވާ އެންމެ ފަހު ތާރީޚަކީ 2013 ސެޕްޓެންބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ޛުލްޤަޢިދާ 1434

10 ސެޕްޓެންބަރު 2013
ހޯދާ