ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
އައިޓީ ޓެކްނީޝަން

މަޤާމް :އައިޓީ ޓެކްނީޝަން
ބޭނުންވާ އަދަދު :1

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ ކޮމްޕިއުޓަރ ޓެކްނީޝަންގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 2016 އޮގަސްޓު 24 ވަނަ ދުވަހު މި ސްކޫލުން ކޮށްފައިވާ DS/IU/HR/2015/16 ނަންބަރުގެ އިޢުލާނާ ގުޅިގެން އެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ޝަރުޠު ހަމަނުވާތީ، އެ އިޢުލާން ބާޠިލްކުރުމަށްފަހު، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރީމެވެ.

މަޤާމް:

ކޮމްޕިއުޓަރ ޓެކްނިޝަން

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

އޮފީސް:

އޮފީސް، ދަރުމަވަންތަ ސްކޫލް

މަޤާމުގެ ކްލެސިފިކޭޝަން

މަޤާމުގެ ރޭންކް

މަޤާމުގެ އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

 އޮފިސަރ   ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ   ގްރޭޑް 2

ޖީ.އެސް 4

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

މަހަކު -/5،020 ރުފިޔާ

 

 

 

މަހަކު -/1،500 ރުފިޔާ

 

ސީނިއަރ އޮފިސަރ   ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ   ގްރޭޑް 1

އެމް.އެސް.1

- މަޤާމުގެ   މަސައްކަތާ   ގުޅޭ   ދާއިރާއަކުން   ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ  މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަޤާމުގެ  މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

މަހަކު -/5،610 ރުފިޔާ

 

 

 

މަހަކު -/2،000 ރުފިޔާ

 

ސީނިއަރ އޮފިސަރ   ގްރޭޑް 2 / ޓެކްނިކަލް އޮފިސަރ   ގްރޭޑް 2

އެމް.އެސް.2

- މަޤާމުގެ  މަސައްކަތާ  ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް  4  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި  4  އަހަރުދުވަހުގެ  މަސައްކަތުގެ  ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ  މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ  ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަޤާމުގެ  މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

މަހަކު -/6،295 ރުފިޔާ

 

 

 

މަހަކު -/2،000 ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 

- ސްކޫލުގެ ޚަބަރުތައް ވެބްސައިޓުގައި އަޕްލޯޑްކުރުމުގައި، މީޑިއާ ސެކްޝަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

- ސްކޫލުގެ ވެބްސައިޓް ޑިވެލޮޕްކޮށް، މެއިންޓެއިން ކުރުން.

- ޑޭޓާބޭސްއާއި އިންޓްރަރނެޓް ޑިވެލޮޕްކޮށް، މެއިންޓެއިން ކުރުން.

- ކޮމްޕިއުޓަރ ޕްރޮގްރާމްކޮށް، މެއިންޓެއިން ކުރުން.

- ސޮފްޓްވެއަރ މެއިންޓެއިން ކުރުން.

- ސްކޫލުގެ ކޮމްޕިއުޓަރުތަކާއި، އެއާ ގުޅޭ އެންމެހައި ތަކެތި މަރާމާތުކޮށް ބެލެހެއްޓުން. 

- ސްކޫލުގައި ކުރާ މުހިންމު މަސައްކަތްތަކުގައި، އައި.ޓީއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 

އިތުރު ޢިނާޔަތްތައް:

އިތުރުގަޑީގައި ކުރާ މަސައްކަތަށް، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

- ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން އެޓެސްޓް ކުރެވިފައިފާ ކޮޕީގެ އަސްލު)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން އެޓެސްޓްކުރެވިފައިފާ ކޮޕީގެ އަސްލު)

- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހެއްގެ ތައްގަނޑު ޖަހާފައިވާ އަސްލު)

- ސިވިލް ސަރވިސްގެ ވަޒީފާއެއްގައި އުޅޭނަމަ، އެ ވަޒީފާއިން މި ސްކޫލުގެ ވަޒީފާއަށް ބަދަލުވުމާމެދު، އެ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުން:

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބެލުމަށްފަހު.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 17 ނޮވެންބަރު 2016 ގެ 14:30 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއެކު، ދަރުމަވަންތަ ސްކޫލުގެ އޮފީހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

- މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، މި އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. 

- މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، ސޯޓް ލިސްޓު ކުރެވޭ ފަރާތްތަކާއެވެ.

ނޯޓު:

- މި އިޢުލާނުގެ ކޮޕީއެއް، ސްކޫލުގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.

- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް، ބާޠިލްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3324495 ނަންބަރު ފޯނާއެވެ.

8 ޞަފަރު 1438

08 ނޮވެންބަރު 2016
ހޯދާ