ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
އެސިސްޓެންޓް ލީގަލް އޮފިސަރ |
||
ބޭނުންވާ އަދަދު: |
1 (އެކެއްް) |
||
މަޤާމުގެ ރޭންކް: |
އެލް. އެސް. 2 |
||
ސެކްޝަން/ޔުނިޓް: |
ޝަރުޢީ ސެކްޝަން |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ޑްރަގް ކޯޓު / ކ. މާލެ |
||
އަސާސީ މުސާރަ: |
މަހަކު -/9،412 ރުފިޔާ |
||
އެލަވަންސް: |
- ސަރވިސް އެލަވަންސް: މަހަކު -/3,000 ރުފިޔާ - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %55 (މަހަކު) - ލިވިންގ އެލަވަންސް: މަހަކު -/2,700 ރުފިޔާ - ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
||
އަސާސީ ޝަރުޠު: |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
1. ކޯޓަށް ހުށަހެޅޭ މައްސަލަތަކަކީ، ކޯޓުން ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލަތަކެއްކަން ކަށަވަރުކޮށް، އެ މައްސަލަތައް ބަލައިގަނެ ރަޖިސްޓްރީކުރުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި ރަޖިސްޓްރަރއަށް އެހީތެރިކަން ފޯރުކޮށްދިނުން. 2. ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބަލައި، ރަޖިސްޓްރަރގެ އިރުޝާދުގެ ދަށުން ފިޔަވަޅުއެޅުން. 3. ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމުގެ ކުރިން މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކްކުރުން. 4. ޤާނޫނުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް، ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދުތަކަށް ގެންނަން ފެންނަ ބަދަލުތައް ދިރާސާކޮށް، ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ރިޕޯޓް ތައްޔާރުކުރުމާއި، ޤާނޫނުތަކާއި ގަވާއިދުތަކަށް ގެނެވޭ އިޞްލާޙުތައް ފަނޑިޔާރުންނަށް ފޯރުކޮށްދިނުމާބެހޭ މަސައްކަތް، ކޯޓުގެ އިސް ޤާޟީގެ މަޝްވަރާގެމަތިން ކުރުން. 5. ކޯޓުން ނެރޭ ސަރކިއުލަރ އާންމު ސިޓީ ފަދަ ލިޔުންތައް ޑްރާފްޓްކޮށް، ކަމާބެހޭ ފަރާތްތަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ފޮނުވުން. 6. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޑްރަގް ކޯޓާ ގުޅޭ ޝަރުޢީ މުހިންމު ނިންމުންތައް ދިރާސާކޮށް ހޯދައި ޤާޟީންނަށް އެރުވުން. 7. ނިޔާކަނޑައަޅާ މައްސަލަތަކުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޑްރާފްޓްކުރުން. 8. ކޯޓުން ހަދާ ގަވާއިދުތަކާއި އުސޫލުތައް ޑްރާފްޓްކޮށް އެކުލަވައިލުމުގެ މަސައްކަތް ކުރުން. 9. ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާކުރުން. 10. މައްސަލަތައް ދިރާސާކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުން. 11. މައްސަލަތަކުގެ ރިޕޯޓު ތައްޔާރުކުރުމާއި، ޤާޟީންނަށް އެހީތެރިވެދިނުން. 12. ޤާޟީންގެ ލަފަޔާއި މަޝްވަރާގެމަތިން ސެކްޝަންތަކުގެ މަސައްކަތްތައް ވިލަރެސްކުރުން. |
||
ހުށަހަޅަންޖެހޭ ތަކެތި:
|
1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ www.drugcourt.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2. ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. 5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާގެ ރޭންކް އެނގޭނެ ފަދަ ރަސްމީ ލިޔުމެއް (އަދާކުރި ވަޒީފާގެ ރޭންކަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވަޒީފާގެ އޮނިގަނޑުން ކޮން ރޭންކެއްކަން މި ލިޔުމުގައި އެނގެން އޮންނަންވާނެއެވެ.) |
||
ސުންގަޑި: |
2016 ނޮވެންބަރު 22 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ޑްރަގް ކޯޓަށް ހުށަހެޅުން އެދެމެވެ. |
||
މި މަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ. |
|||
އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް: |
ޑްރަގް ކޯޓް، ޢިއްޒުއްދީން މަގު. |
||
އިތުރު މަޢުލޫމާތު |
އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި ކޯޓުގެ 3018556 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
||
7 ޞަފަރު 1438 |