މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ބޭސް އެތެރެކުރުމުގައި ސަމާލުކަން ދޭންވީ ބައެއް ކަންތައްތައް

ރާއްޖޭގައި ރަޖިސްޓަރީކޮށްފައިނުވާ ގިނަ އަދަދެއްގެ އޮލްޓަރނެޓިވް މެޑިސިން މިހާރަކަށް އައިސް ރާއްޖެއަށް އެތެރެކުރަމުން ގެންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. މިގޮތަށް ބޭސް އެތެރެ ކުރުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ތިރީގައި ދެންނެވިފައިވާ ކަންކަމަށް އިތުރަށް ސަމާލުކަން ދެއްވުން އެދެމެވެ.

ބޭސް އެތެރެކުރާ ފަރާތްތަކުން ރާއްޖެއަށް އެތެރެކުރާ އޮލްޓަރނެޓިވް މެޑިސިންއަކީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި އޮލްޓަރނެޓިވް މެޑިސިންއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ބްރޭންޑެއްތޯ ބެއްލެވުމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ. 'އެޕްރޫވްޑް އޮލްޓަރނެޓިވް މެޑިސިން/ދިވެހި ބޭސް ލިސްޓް' މި އޮތޯރިޓީގެ ވެބްސައިޓް 'www.mfda.gov.mv' ގައި ޝާއިޢުކޮށްފައި ވާނެއެވެ.

މީގެ އިތުރުން ބޭސް އެތެރެ ކުރުމަށް ޕޯޓްތަކަށް ހުށަހަޅާ އިންވޮއިސްގައި ތިރީގައިވާ މައުލޫމާތު ފުރިހަމަ ވެފައި ހުންނަންވާނެއެވެ.

  1. ބްރޭންޑް ނަން
  2. ބޭސް އުފެއްދި ޤައުމާއި ކުންފުނި

މަތީގައި ދެންނެވިފައިވާ މަޢުލޫމާތު ފުރިހަމަނުވާ އިންވޮއިސްތައް 01 ނޮވެމްބަރު 2013 އިން ފެށިގެން ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

ވީމާ، ބޭސް އެތެރެކޮށް ވިއްކާފަރާތްތަކުގެ ސަމާލުކަމަށްޓަކައި އާންމުކޮށް އެންގުމަށް ޢިއުލާން ކުރީމެވެ.   

04 ޛުލްޤަޢިދާ 1434     

10 ސެޕްޓެންބަރު 2013
ހޯދާ