ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
ބިލެތްފަހީ ސްކޫލުގެ ހޯލް އިމާރާތުގެ ސީލިންގ ބަދަލުކުރުން

އިޢުލާން

 އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުގެ ހޯލް އިމާރާތުގެ ސީލިންގ އަމިއްލަ ތަކެތީގައި ބަދަލުކުރުން

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ ހޯލް އިމާރާތުގެ ސީލިންގ އަމިއްލަ ތަކެތީގައި ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ ހޯލް އިމާރާތުގެ ސީލިންގ އަމިއްލަ ތަކެތީގައި ބަދަލުކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 21 ވާ ހޯމަދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެންނެތްވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް، ސިޓީއަކާއެކު ކުންފުނި/ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ފޮނުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. އަދި ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

9 ޞަފަރު 1438

09 ނޮވެންބަރު 2016
ހޯދާ