ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
ބިލެތްފަހީ ސްކޫލުގެ ކަރަންޓު، ތްރީފޭސް ކަރަންޓަށް ބަދަލުކުރުން

އިޢުލާން

 އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުގެ ކަރަންޓު އަމިއްލަ ތަކެތީގައި ތްރީފޭސް ކަރަންޓަށް ބަދަލުކުރުން

މި ސްކޫލުން ދެއްވާ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ ސިންގަލްފޭސް ކަރަންޓު، ތްރީފޭސް ކަރަންޓަށް އަމިއްލަ ތަކެތީގައި ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ، މި ސްކޫލުން ދެއްވާ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ ކަރަންޓު، ތްރީފޭސް ކަރަންޓަށް އަމިއްލަ ތަކެތީގައި ބަދަލުކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 ނޮވެންބަރު 2016 ވާ ހޯމަދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ނޮވެންބަރު 2016 ވާ އާދީއްތަދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެންނެތްވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް، ސިޓީއަކާއެކު ކުންފުނި/ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ފޮނުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. އަދި ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

9 ޞަފަރު 1438

09 ނޮވެންބަރު 2016
ހޯދާ