ދިވެހިރާއްޖެ
އިޢުލާން
އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮންސަލްޓަންޓެއް ހޯދުން:
މި މިނިސްޓްރީން ހިންގަމުން އަންނަ ޕަބްލިކް ފައިނޭންސް ސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް (ޕީ.އެސް.އެސް.ޕީ) ދަށުން ސެޕް މޮޑިއުލަށް އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ގެ ދާއިރާއިން މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ކޮންސަލްޓަންޓެއްގެގޮތުގައި މަސައްކަތްކުރުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.
މި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ)، މި މިނިސްޓްރީގެ www.finance.gov.mv ގެ ވެބްސައިޓުގައި ޝާއިޢުކުރެވިފައި ވާނެއެވެ. މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުމުން، މަޢުލޫމާތު ލިބޭނެއެވެ.
ވީމާ، ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ނޮވެންބަރު 20 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް ނުވަތަ އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ.
ކޯޕަރޭޓް އެފެއާޒް ޑިވިޜަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ.
ޓެލެފޯން: 3349169، 3349129
ފެކްސް: 3324432
އީމެއިލް އެޑްރެސް: [email protected]
9 ޞަފަރު 1438
