ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް ޑެސްކު ކަލަންޑަރު ޗާޕުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:
ތާރީޚު: 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 14:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (މޫކައި ސްއިޓްސް 6 ވަނަ ފަންގިފިލާ، ހަވީރީހިނގުން)
ޕްރޮޕޯޒަލް ބަލައިގަތުން:
ތާރީޚު: 2016 ނޮވެންބަރު 22 ވާ އަންގާރަދުވަހުގެ 14:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (މޫކައި ސްއިޓްސް 6 ވަނަ ފަންގިފިލާ، ހަވީރީހިނގުން)
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލުންނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
މޫކައި ސުއިޓްސް (6 ވަނަ ފަންގިފިލާ)
ހަވީރީ ހިނގުން، މާލެ.
ފޯނު: 1441
އީމެއިލް: [email protected]
9 ޞަފަރު 1438