ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މަރާމާތު މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބ. ކުޑަރިކިލު ޞިއްޙީމަރުކަޒުގައި ހުރި މަރާމާތު މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ބ. ކުޑަރިކިލު ޞިއްޙީމަރުކަޒުގައި ހުރި މަރާމާތު މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރު 2016/12(IUL) BAH/BAH-AHR/ 5 ސެޕްޓެންބަރު 2016 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ތިން އަންދާސީހިސާބުގެ ތެރެއިން 2 އަންދާސީހިސާބު ބާޠިލުވެފައިވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:00 އަށް ބ. ކުޑަރިކިލު ޞިއްޙީމަރުކަޒު، ނުވަތަ ބ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ ހެނދުނު 11:00 އަށް ބ. ކުޑަރިކިލު ޞިއްޙީމަރުކަޒަށް، ނުވަތަ ބ. އަތޮޅު ހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

7 ޞަފަރު 1438

07 ނޮވެންބަރު 2016
ހޯދާ