އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

  • ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

އއ.އަތޮޅު ކައުންސިލް އިދާރާއާއި އަތޮޅުގޭގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އައުޓްސޯސްކޮށް، ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 20 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ނޮވެންބަރު 27 ވަނަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވަންވާނީ އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ރަސްމީ ލިޔުމަކާ އެކުގައެވެ.

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް:

 

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަށް

55 ޕޮއިންޓް

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެގޮތް ދަސްކޮށްފައިވާ ފަރާތްތަކުން ޑިއުޓީކުރާގޮތަށް ހުށަހަޅާ އަންދާސީހިސާބުތަކަށް

12 ޕޮއިންޓް

ރަޖިސްޓަރީ ކޮށްގެން ހިންގާ ކްލަބް، ޖަމްޢިއްޔާ، ލޯކަލް އިންވެސްޓްމެންޓް ކުންފުނިތަކުން ހުށަހަޅާ އަންދާސީހިސާބުތަކަށް

10 ޕޮއިންޓް

ސެކިއުރިޓީ ބެލެހެއްޓުމުގެ ޚިދުމަތްދީ ލިބިފައިވާ ތަޖުރިބާއަށް

13 ޕޮއިންޓް

ސެކިއުރިޓީ ބެލެހެއްޓުމުގެ ތެރޭގައި އިތުރަށް ކޮށްދިނުމަށް ހުށަހަޅާ ކަންތައްތަކަށް

10 ޕޮއިންޓް

ވީމާ، މިކަން ޢާންމުކޮށް އިޢުލާން ކުރަމެވެ.

6 ޞަފަރު 1438

06 ނޮވެންބަރު 2016
ހޯދާ