މުލަކަތޮޅު މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުނިކަހައި ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދަން

އިޢުލާން

މި ހޮސްޕިޓަލުން ކަނޑައަޅާ ސަރަޙައްދުތަކެއް ކުނިކަހައި ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި ހޮސްޕިޓަލުން ކަނޑައަޅާ ސަރަހައްދުތަކެއް ކުނިކަހައި ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: ADM-MRH/2016/08 (25 އޮގަސްޓު 2016) އިޢުލާނަށް ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީއާއި ވާދަކުރާނެ ތިންފަރާތް ނެތުމުން މި އިޢުލާން ބާޠިލުކޮށް، މިނިސްޓްރީ އޮފް ހެލްތުން ތައްޔާރުކުރައްވާފައިވާ މަޢުލޫމާތުޝީޓާ އެއްގޮތަށް މިމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 10:30 އަށް ހޮސްޕިޓަލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 21 ވާ ހޯމަދުވަހުގެ 11:00 އަށް ހޮސްޕިޓަލް އޮފީހަށް އަންދާސީހިސާބު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6720605 ، 6720604 ފޯނަށެވެ.

10 ޞަފަރު 1438

10 ނޮވެންބަރު 2016
ހޯދާ