ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަރަންޓްލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މިރަށު އިޚުލާޞް މިސްކިތަށާއި ނަޞްރު މިސްކިތަށް ކަރަންޓް ލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 17 ނޮވެންބަރު 2016 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ނޮވެންބަރު 2016 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ލިޔުމަކާއެކު ފޮނުއްވެވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވަނީ ކުންފުންޏަކުން ކަމުގައިވާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ އަދި އަމިއްލަ ފަރާތަކުންނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6520046 ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

7 ޞަފަރު 1438

07 ނޮވެންބަރު 2016
ހޯދާ