|
1. ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓުގެ ހުޅުމީދޫ ސެކްޝަނުގެ އިސްވެރިޔާގެ ހައިސިއްޔަތުން، ސެކްޝަނުގެ އެންމެހައި ކަންކަން ބެލެހެއްޓުމާއި، ސެކްޝަނުގެ ތަރައްޤީއަށް ބޭނުންވާ ދިރާސާކޮށް، ޑިޕާޓްމަންޓް ހިންގާ ކޯޑިނޭޓަރަށާއި ޑިރެކްޓަރަށް އަރުވަންޖެހޭ ލަފާއެރުވުން.
2. ޑިޕާޓްމަންޓުގެ ސްޓްރެޖިކް ޕްލޭނާއި އެކްޝަން ޕްލޭނަށް ރިޢާޔަތްކޮށް، ސެކްޝަނުގެ އަހަރީ ޕްލޭން އެކުލަވައިލައި، އެ ޕްލޭނާ އެއްގޮތަށް މަސައްކަތް ރާވައި ބެލެހެއްޓުން.
3. ހުޅުމީދޫ ބިންބިމުގެ އިންވަކިކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
4. މަޤާމުގެ މަސައްކަތާ ގުޅިގެން، އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމާއި، މިނިސްޓްރީއަށާއި، ޒިންމާދާރު އިސްވެރިޔާއަށާއި، ސުޕަވައިޒަރަށް ޖަވާބުދާރީވުން.
5. ސުޕަވައިޒްކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތް، ދުވަހުން ދުވަހަށް ސުޕަވައިޒްކުރުން.
6. ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތަކާ ގުޅިގެން ދުވަހުން ދުވަހަށް ސުޕަވައިޒަރަށް ޖަވާބުދާރީވުން.
7. ގެއާއި ބިންބިމާބެހޭގޮތުން ހުޅުމީދޫން ހުށަހެޅޭ މައްސަލަތައް ބަލައި ޖަވާބުދާރީވުން.
8. ހުޅުމީދޫގެ ބިންބިމާ ގުޅޭގޮތުން ކޯޓުތަކުން އަންނަ މައްސަލަތަކަށް ޖަވާބުދާރީވުން.
9. އައްޑޫ ސިޓީގެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ހުޅުމީދޫން ކުލީ ބިންތައް ދޫކުރުމާއި، ބިމުގެ ކުލި ބަލައިގަތުމުގެ ކަންކަން އިދާރީގޮތުން އިންތިޒާމްކޮށް ބެލެހެއްޓުން.
10. ހުޅުމީދޫގެ މުނިސިޕަލް ސަރވިސް މަސައްކަތް ރާވައި ހިންގުން.
11. އިމާރާތްކުރުމުގެ ކަންކަމާ ގުޅޭގޮތުން ހިންގާ އެންމެހައި މުޢާމަލާތްތަކާ ގުޅޭ ރިކޯޑު ބެލެހެއްޓުމާއި، އިމާރާތްކުރުމުގެ މަސައްކަތް ބެލެހެއްޓުން.
12. އިމާރާތާއި ގޯތީގެ ރަޖިސްޓަރީއާ ގުޅޭ އެންމެހައި މަސައްކަތްކުރުން.
13. ބަންޑާރަ ބިމާއި، އަމިއްލަ ބިންތަކާއި، ދަނޑުބިންތަކުގެ ދަފްތަރު އެކުލަވައިލައި، އެ ދަފުތަރު އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ހިންގުން.
14. ބިންބިމާ ގުޅޭ އެންމެހައި ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން އަންނަ ސިޓީއާއި، މެސެޖާއި، އެފަދަ އެހެން ތަކެއްޗަށް ޖަވާބުދިނުން.
15. ޑިޕާޓްމަންޓުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މިނިސްޓްރީގެ މަސައްކަތު ދާއިރާގެ ތެރެއިން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
|