ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ ނަންބަރު (IUL)GS56/GS-56/2016/1004 އިޢުލާނަށް އެކަށީގެންވާވަރަށް އަންދާސީހިސާބު ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
1. މަސައްކަތް:
ސްކޫލްގެ ބައެއް އިމާރާތުގެ ނަލަފިލާ ބަދަލުކުރުން.
2. މަސައްކަތުގެ ތަފުސީލު:
ތިން ކްލާސްރޫމް އިމާރާތް
- އިރުމަތީކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި ލަކުޑިފަތިއަޅައި ސިމެންތި ނަލަފިލާ ޖަހައި ދަވާދުލުން.
- ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް: ދިގުމިން – 21 ފޫޓު
ފުޅާމިން – 9 އިންޗި
ބޯމިން – 3/10 އިންޗި
ދެ ކްލާސްރޫމް އިމާރާތް
- އިރުމަތިކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި ލަކުޑިފަތިއަޅައި ސިމެންތި ނަލަފިލާ ޖަހައި ދަވާދުލުން.
- ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް: ދިގުމިން - 21 ފޫޓު
ފުޅާމިން – 9 އިންޗި
ބޯމިން – 3/10 އިންޗި
ހަ ކްލާސްރޫމް އިމާރާތް
- ހުޅަނގުކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި ލަކުޑިފަތިއަޅައި ސިމެންތި ނަލަފިލާ ޖަހައި ދަވާދުލުން.
- ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް: ދިގުމިން - 21 ފޫޓު
ފުޅާމިން – 9 އިންޗި
ބޯމިން – 3/10 އިންޗި
ތިންކްލާސްރޫމް (ކޮމްޕިއުޓަރރޫމް) އިމާރާތް
- ހުޅަނގުކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި ލަކުޑިފަތިއަޅައި ސިމެންތި ނަލަފިލާ ޖަހައި ދަވާދުލުން.
- ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް: ދިގުމިން - 21 ފޫޓު
ފުޅާމިން – 9 އިންޗި
ބޯމިން – 3/10 އިންޗި
- ނަލަފިލާތައް ނައްޓާއިރު ހަލާކުވެފީވެފައިވާ ތަންތަން މަރާމާތުކުރަންޖެހޭނެއެވެ.
- ދަވާދުގެ ގޮތުގައި ބޭނުންކުރަންޖެހޭނީ ނިޕޮން ބްރޭންޑްގެ އެމަރަލްޑް ގްރީންއެވެ. (ކޯޑް:9048)
އަންދާސީހިސާބު ހުށަހެޅޭނީ ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އެކަންޏަށެވެ.
- އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- ފުރިހަމަކޮށްފައިވާ ބީލަން ހުށަހަޅާ ފޯމު.
- ހުށަހަޅާ އަންދާސީހިސާބު. (އަންދާސީހިސާބު، ސިޓީ ނުވަތަ ކޯޓޭޝަން)
- ބީލަމަށް ކުރިމަތިލާ ކުންފުނި ނުވަތަ އިންވެސްޓްމަންޓުގެ މަޢުލޫމާތު/ ޕްރޮފައިލް.
- އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމެންޓްގެ ކޮޕީ. (އެންމެ ފަހު އަހަރުގެ)
- އޮޑިޓް ރިޕޯޓް ހުށަހެޅިކަމުގެ އިކޮނޮމިކް މިނިސްޓްރީ ނުވަތަ މީރާގެ ލިޔުމުގެ ކޮޕީ (އެންމެ ފަހު އަހަރުގެ)
- މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތައް.
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ.
- "މީރާ" އަށް ދައްކަންޖެހޭ ފައިސާއެއް ނެތްކަމުގެ ލިޔުން.
- ބީލަމުގައި ސޮއިކުރުމުގެ ހުއްދަ ލިޔުން
- ބޭންކް ސްޓޭޓްމެންޓް (ފާއިތުވި ދެ މަހުގެ)
- ގަވާއިދުން ޕެންޝަން ފައިސާ ދައްކާކަމުގެ ލިޔުން (އެންމެ ފަހުން ދެއްކި މަހުގެ)
- މާލީ ދަލީލު (ބޭންކް ގެރެންޓީއާއި ކްރެޑިޓް ފެސިލިޓީ ފަދަ)
- އެމެންޑްމެންޓްސް
4. ޕޮއިންޓް ދޭނެގޮތް:
- 65 ޕޮއިންޓް އަގަށް (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
- 25 ޕޮއިންޓް މުއްދަތަށް (އެންމެ ކުރުމުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
- 5 ޕޮއިންޓް ތަޖުރިބާ (ވޭތުވެދިޔަ 3 އަހަރު ނިންމި މިފަދަ ޕްރޮޖެކްޓުގެ ޖުމްލަ އަގު / ހުށަހެޅި ޕްރޮޖެކްޓުގެ ޖުމްލަ އަގު)
- 5 ޕޮއިންޓް މާލީ ޤާބިލުކަމަށް (ބީލަމާއެކު ހުށަހެޅި ބޭންކް ސްޓޭޓްމަންޓާއި ބޭންކް ގެރެންޓީ، ކްރެޑިޓް ފެސިލިޓީ ފަދަ ލިޔުންތަކުން ދަލީލުކޮށްދޭ ފައިސާގެ ޖުމުލަ އަދަދު 5x)
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 22 ވާ އަންގާރަދުވަހުގެ 11:00 އަށް ސްކޫލް އޮފީހަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 އިން 14:00 އަށް 6600136 ނަންބަރު ފޯނާއެވެ. އަދި ހުށަހަޅަންޖެހޭ ތަކެތީގެ ޗެކްލިސްޓާއި ބީލަން ހުށަހަޅާ ފޯމު މި ސްކޫލުން ލިބެން ހުންނާނެއެވެ.
8 ޞަފަރު 1438