ދިވެހިރާއްޖެ
އިޢުލާން
- އަންދާސީހިސާބު ބޭނުންވެއްޖެ
ޕްރީސްކޫލް 1 ކްލާސްރޫމާއި، 1 ފާޚާނާގެ މަސައްކަތް ނިންމުމާބެހޭ
މި ސްކޫލުގައި ޢިމާރާތްކުރަން ފަށާފައިވާ ޕްރީސްކޫލް 1 ކްލާސްރޫމާއި، 1 ފާޚާނާގެ ނުނިމިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. ކްލާސްރޫމަކީ ރާނައި ސިމެންތިޖަހައި ހިޔާކުރެވި އަދި ވައިރިންގ އެޅިފައިވާ ތަނެކެވެ. ފާޚާނާއަކީ ރާނައި ސިމެންތި ޖެހިފައިވާ ތަނެކެވެ.
ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ 11:00 އަށް |
2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 11:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ އަންދާސީހިސާބު ހުށަހަޅަން ބޭނުންވާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6500561 ފޯނާ ގުޅުއްވުން އެދެމެވެ.
8 ޞަފަރު 1438