ދިވެހިރާއްޖެ
އިޢުލާން
ރ. އަނގޮޅިތީމު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ވަށާފާރުގެ ބައެއް ރާނަން ބޭނުންވެއްޖެ:
ރ. އަނގޮޅިތީމު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ވަށާފާރު ރޭނުމުގެ މަސައްކަތްކުރުމަށް ބޭނުންވެގެން ކުރި މި އިދާރާގެ ނަންބަރު: (IUL)301-PN/301/2016/66 (30 އޮކްޓޫބަރު 2016) އިޢުލާނުގައި މައްސަލައެއް އުޅޭތީ، އެ އިޢުލާން ބާޠިލުކޮށް 2 ވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ. އަމިއްލަ ތަކެތީގައި ކޮންޓެކްޓް އުސޫލުން މި މަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މަސައްކަތުގެ މަޢުލޫމާތު ދިނުން އޮންނާނީ 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 13:30 ގައެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 13:30 ގައެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ރ. އަނގޮޅިތީމު ކައުންސިލްގެ އިދާރާގައެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓް ސޮސައިޓީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރުމަށާއި، ބިޑް ހުށަހެޅުމަށް އަންނަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރި ފަރާތްތަކަށެވެ. އެކަކަށް ދެ ފަރާތެއްގެ ނަމުގައި އަންދާސީހިސާބު ހުށައެއްނޭޅޭނެއެވެ.
މަސައްކަތް ހަވާލުކުރުމުގައި ބަލާނެ މިންގަނޑު:
މަސައްކަތުގެ އަގު: % 85
މަސައްކަތުގެ ތަޖުރިބާ : % 5
މަސައްކަތުގެ މުއްދަތު: % 10
ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
2 ޞަފަރު 1438