ބިލެއްދޫ ސްކޫލް
ދިވެހިރާއްޖެ
ފުރާޅުގެ ޓިނު ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ހޯލުއިމާރާތުގެ ފުރާޅުގެ ޓިނު ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ކުރެވުނު މި ސްކޫލުގެ ނަންބަރު GS-169/IU/2016/15 (22 ޖޫން 2016) އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާތު ބަދަލުވުމާ ގުޅިގެން އެ އިޢުލާނު ބާޠިލުކޮށް، މިމަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

- މިމަސައްކަތް ހަވާލުކުރެވޭނީ މިފަދަ މަސައްކަތްތައް ކުރުމަށް ރަޖިސްޓަރީކުރެވިފައިވާ ފަރާތަކާއެވެ.

- އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި، ކޮން މަސައްކަތެއްގެ އަންދާސީހިސާބެއްކަން އެނގެން އޮންނަންވާނެއެވެ.

- ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް މަޢުލޫމާތު ސާފުކުރެއްވޭނީ އެއްފަރާތެއްގެ ނަމުގައެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާނަމަ، ވެރިފަރާތުގެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ކުންފުނި، ކްލަބް، ޖަމްޢިއްޔާއަކުންނަމަ، އެ ތަނެއްގެ ލެޓަރހެޑްގައި ލިޔެފައިވާ ރަސްމީ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.

- މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިނުވާ ފަރާތްތަކާއި، ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

- އަންދާސީހިސާބުތައް ހުށަހަޅުއްވާ ވަގުތު ވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައި އަންދާސީހިސާބުތައް ކެނޑުން އޮންނާނެއެވެ.

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެެ ހެނދުނު 11:00 އަށް ސްކޫލު އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 27 ވާ އާދީއްތަދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ސްކޫލު އޮފީހަށް ވަޑައިގަތުމަށް ދަންނަވަމެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާނަމަ، 7952913 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

07 ނޮވެންބަރު 2016
ހޯދާ