އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ހިތަދޫގެ ޙިމާޔަތްކޮށްފައިވާ އީދިގަލި ކިޅި އަދި ކޯއްޓޭ ސަރަޙައްދުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ އެއްބަސްވުންތައް ބަދަލުކުރުން

އައްޑޫ ސިޓީ ހިތަދޫގެ ޙިމާޔަތްކޮށްފައިވާ އީދިގަލި ކިޅި އަދި ކޯއްޓޭ ސަރަޙައްދުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ އެއްބަސްވުންތައް ބަދަލުކުރުން

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 4/93) ގެ ދަށުން 7 ޑިސެންބަރު 2004 އިން ފެށިގެން ޙިމާޔަތްކުރެވިފައިވާ އައްޑޫ ސިޓީ ހިތަދޫގެ އީދިގަލި ކިޅި އާއި ކޯއްޓޭ ސަރަޙައްދުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ އެއްބަސްވުންތައް މި އެޖެންސީއަށް ބަދަލުކުރުމަށް ބޭނުންވެއެވެ.

ވީމާ، އައްޑޫ ސިޓީ ކައުންސިލް އިދާރާއާއި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުން، އެ ސަރަޙައްދުން ދޫކޮށްފައިހުރި ދަނޑުބިންތަކުގެ ވެރިފަރާތްތަކުން އެ ފަރާތްތަކުގެ އެއްބަސްވުންތަކާއި، މިކަމާ ގުޅުންހުރި ލިޔުންތައް، މިއަދުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި މި އެޖެންސީއަށް ނުވަތަ އައްޑޫ ސިޓީ ހިތަދޫގައި ޤާއިމުކުރެވިފައިވާ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް އޮފީހަށް ހުށަހަޅުއްވައިގެން އައު ކުރުމަށް އަންގައި އިޢުލާނުކުރަމެވެ.

އެ ސަރަޙައްދުން ދޫކޮށްފައި ހުރި ދަނޑުބިންތައް މި އެޖެންސީން ބަލަހައްޓާ މެނޭޖުކުރުމާ ގުޅޭގޮތުން އެ ދަނޑުބިންތައް ހަވާލުކުރެވިފައިވާ ފަރާތްތަކާއެކު އަލުން އެއްބަސްވުމެއް ޤާއިމުކޮށް ވަކި އުސޫލުތަކެއްގެ ދަށުން ދަނޑުވެރިކަން އެ ސަރަޙައްދުގައި ކުރުމުގެ ފުރުޞަތު އެ ފަރާތްތަކަށް ލިބިގެންދާނެކަން ވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި، މިކަމާ ގުޅޭގޮތުން އެ ފަރާތްތަކުން ބޭނުންފުޅުވާނެ މަޢުލޫމާތު މި އެޖެންސީއާއި އައްޑޫ ސިޓީ ހިތަދޫގައި ޤާއިމުކުރެވިފައިވާ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް އޮފީހުން ލިބިވަޑައިގަންނަވާނެ ވާހަކަވެސް ދަންނަވަމެވެ.

7 ޞަފަރު 1438

07 ނޮވެންބަރު 2016
ހޯދާ