ދިވެހިރާއްޖެ
އިޢުލާން
1 ކުލާސްރޫމް އިމާރާތުގެ ސީލިންގ މަރާމާތުކުރުމުގެ މަސައްކަތް
މި ސްކޫލުގެ 1 ކްލާސްރޫމް އިމާރާތުގެ ސީލިންގ، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި ސްކޫލުން ކުރި ނަންބަރު GS-80/IUL/2016/27 (20 އޮކްޓޫބަރު 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ ހެނދުނު 10:00 ގައި މި ސްކޫލުގައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ ހެނދުނު 10:00 ގައި މި ސްކޫލުގައެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މީގެ އިތުރުން، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުންނާއި އަންދާސީހިސާބު ހުށަހެޅުމަށް އޮންނަ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ އުލިގަމު މަދަރުސާގެ 6500548 ނަންބަރު ފޯނަށެވެ.
8 ޞަފަރު 1438