އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރާމާތުކުރުމުގެ މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކައުންސިލް އިދާރާ މަރާމާތު ކުރުމަށް ހިންގާ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތާބެހޭ

ކައުންސިލް އިދާރާ މަރާމާތުކުރުމަށް ހިންގާ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު: 353-CA/2016/41  (24 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން އެމަސައްކަތަށް އެއްވެސް ފަރާތަކުން ބިޑްފޯމު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، ކައުންސިލް އިދާރާ މަރާމާތުކުރުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢާންމުކޮށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި އިޢުލާނާއެކު ނޯޓިސްބޯޑުގައި ޢާންމުކޮށްފައިވާ މަޢުލޫމާތުޝީޓާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 16 ވާ ބުދަދުވަހުގެ 13:00 އަށް، ފުރިހަމަކޮށްފައިވާ ބިޑް ހުށަހަޅާ ފޯމު ހިފައިގެން ކައުންސިލް އިދާރާއަށް ހާޒިރުވުން އެދެމެވެ.

މަޢުލޫމާތުޝީޓާއި ބިޑް ހުށަހަޅާ ފޯމު ކައުންސިލުގެ އިދާރާ ހުޅުވިފައި ހުންނަ ރަސްމީގަޑިތަކުގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

8 ޞަފަރު 1438

08 ނޮވެންބަރު 2016
ހޯދާ