ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ނޭޝަނަލް ޑާޓާ ސެންޓަރަށް ކޮންސަލްޓަންޓެއް ހޯދަން ކުރި އިޢުލާނުގެ މުއްދަތު އިތުރުކުރުން

އިޢުލާން

ނޭޝަނަލް ޑާޓާ ސެންޓަރަށް ކޮންސަލްޓަންޓެއް ހޯދަން ކުރި އިޢުލާނުގެ މުއްދަތު އިތުރުކުރުން:

މި އިދާރާގެ އިޢުލާން ނަންބަރު 164/1/2016/83(IUL) (31 އޮކްޓޫބަރު 2016) އާ ހަވާލާދީ ދަންނަވަމެވެ.

ނޭޝަނަލް ޑާޓާ ސެންޓަރަށް ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެގެން މި އިދާރާއިން ކޮށްފައިވާ އިޢުލާނުގެ މުއްދަތު، 2016 ނޮވެންބަރު 24 ވާ ބުރާސްފަތި ދުވަހާ ހަމައަށް އިތުރުކޮށްފީމެވެ.

މަޤާމް:

ކޮންސަލްޓެންޓް ފޮރ ނޭޝަނަލް ޑާޓާ ސެންޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/35،000 ރުފިޔާ

މި މަޤާމާބެހޭ އިތުރު މަޢުލޫމާތު، މި އިދާރާގެ www.ncit.gov.mv ގެ ވެބްސައިޓުގައިވާ "ޓާމްސް އޮފް ރިފަރެންސް" ގައި ބަޔާންކުރެވިފައިވާނެއެވެ.

ހުށަހަޅަންޖެހޭ ތާރީޚު: މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން، 2016 ނޮވެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއަށް ނުވަތަ މި އޮފީހުގެ އީމޭލަށް ([email protected]) ފޮނުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމޭލް ކުރައްވާނީ، [email protected] އަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960)، ފެކްސް ނަންބަރު: 4004 334 (960) 

އީމޭލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

10 ޞަފަރު 1438

10 ނޮވެންބަރު 2016
ހޯދާ