ދިވެހިރާއްޖެ
އިޢުލާން
ބޮޑުފޮޅުދޫ މަދަރުސާގައި ބައެއް މަރާމާތު ކުރުމާބެހޭ
މި އިދާރާގެ ނަންބަރު: GS149/2016/22 (27 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރީމެވެ.
މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައިވާ މަރާމާތުތައް ކޮށްދޭނޭ ފަރާތްތެއް ހޯދަން ބޭނުންވެއްޖެއެވެ.
- 4 ފާޚާނާގެ ދޮރުފަތް މަރާމާތު ކުރުން
- ޕްރީ ސްކޫލުގެ ކްލާސްރޫމުގެ ދިޔަދޮވި މަރާމާތުކުރުން
- ސްކޫލުގެ ގޭޓް
- ބާ އިމާރާތުގެ ހުޅަނގުފަރާތުގެ ފާރުގައި ކަނޑައިގެން ގޮސްފައިވާތަން ބެއްދުން
- ސްޓޭޖް ކްލާސްރޫމުގެ ދޮރުފަތުގެ ބިއްލޫރިގަނޑު ލެއްވުން
- އޮފީސް އެޑްމިންގެ ކެބިންތަކެއް ހެދުން (3 ކެބިން)
ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުއްވުމަށް |
2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 13:00 އަށް |
2016 ނޮވެންބަރު 21 ވާ ހޯމަދުވަހުގެ 13:00 އަށް |
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ ރަސްމީ ގަޑީގައި 6660841 މި ނަންބަރު ފޯނަށް ގުޅުން އެދެމެވެ.