މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މާފުށީ ޖަލުގައި އިދާރީ އޮފީސް އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މާފުށީޖަލުގެ އިދާރީ އޮފީސް އިމާރަތްކުރާނެ ފަރާތެއް ހޯދުމަށް:

މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާފުށީޖަލުގައި އިދާރީ އޮފީހެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)167-PR/1/2016/60 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ތިންފަރާތުން ހާޒިރުވެފައިނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

15 ނޮވެންބަރު 2016

އަންގާރަ

10:00

އަންދާސީހިސާބު ހުށަހެޅުން

22 ނޮވެންބަރު 2016

އަންގާރަ

10:00

6 ޞަފަރު 1438

07 ނޮވެންބަރު 2016
ހޯދާ