މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެޗް.ސީ.އެފް.ސީ ގޭސް އިމްޕޯޓްކޮށް، ކޮންޓްރޯލްކޮށް މެނޭޖްކުރުމާބެހޭ

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ދިވެހިރާއްޖެއިން ބައިވެރިވެރިފައިވާ މުޢާހަދާއެއްކަމަށްވާ މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރގެ ދަށުން 2020ގެ ނިޔަލަށް ދިވެހިރާއްޖޭގައި އެޗް.ސީ.އެފް.ސީ ގޭސް ބޭނުންކުރުން ހުއްޓާލުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން 2017 ވަނައަހަރު ރާއްޖެއަށް މިގޭސް އެތެރެކުރަން ޝައުްުވެރިވެލައްވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)438-PPIRS/1/2015/170 (24 އޮކްޓޫބަރު 2015) އިޢުލާނަށް އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 2017 ވަނައަހަރު ދިވެހިރާއްޖެއަށް ކަނޑައަޅަފައިވާ އެޗް.ސީ.އެފް.ސީގެ ކޯޓާއަކީ 43.6 މެޓްރިކްޓަނެވެ.

މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުއްވުމުން ބީލަންފޮތްތަކުގެ އިލެކްޓްރޯނިކް ކޮޕީއެއް ލިބިވަޑައިގަންނަވާނެއެވެ.

މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 11:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ. އަދި ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެކަން ދަންނަވަމެވެ. ބަންދުކުރެވިފައިވާ ބީލަންތައް 2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ 11:00 އަށް ތިރީގައިވާ އެޑްރެހަށް ހުށަހަޅުއްވަން ވާނެއެވެ. އިލެކްޓްރޯނިކް އުސޫލަކުން ހުށަހެޅޭ ބީލަން ޤަބޫލެއް ނުކުރެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބީލަންތައްވެސް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުޅުވާނީ މަތީގައި ދެންނެވުނު ގަޑީގައި ތިރީގައިވާ އެޑްރެހަށް ހާޒިރުވެވަޑައިގެން ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ މަންދޫބުންގެ ހާޒިރުގައެވެ.

ނެޝަނަލް އޯޒޯން ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ގްރީން ބިލްޑިންގ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، ދިވެހިރާއްޖެ

07 ނޮވެންބަރު 2016
ހޯދާ