މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ގިނަ ދުވަސްވެފައިވާ މުދާ ނައްތާލުމާބެހޭ

އިޢުލާން

ތިރީގައި ބަޔާންކުރެވިފައިވާ މިވަނީ މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ބަނދަރުގެ ގުދަނުގައި ބެހެއްޓިފައިވާ، ނުގެންގޮސް ގިނަދުވަސްވީ މުދަލުގެ މުދަލުގެ ތަފުސީލެވެ.

ވީމާ، މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި މި މުދާތައް، ބަނދަރުން ކްލިއަރ ކުރެއްވުމަށް މުދަލުގެ ވެރިފަރާތްތަކަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި މުދާ ނުގެންދަވައިފިނަމަ، މިފަދަ މުދަލާމެދު ޢަމަލުކުރުމަށް މި ކުންފުނީގައި ހަމަޖެހިފައި އޮންނަ ގަވާއިދުގެ ދަށުން ނީލަމުގައި ވިއްކައިލެވޭނެއެވެ. އަދި އެއްވެސް ސަބަބަކާހުރެ ނީލަމުގައި ވިއްކައިނުލެވުނު މުދަލެއް ނައްތާލުމަށްފަހު، އެ މުދަލެއް ނައްތާލަން ހިނގި ޚަރަދު މުދަލުގެ ވެރިފަރާތަށް ބިލް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

7 ޞަފަރު 1438

07 ނޮވެންބަރު 2016
ހޯދާ