އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ޓްރެއިނިންގ ޕްރޮގްރާމްގެ ކަރިކިއުލަމާއި މޮޑިއުލްތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ކޮމިޝަންގެ ޓްރެއިނިންގ ޕްރޮގްރާމު "ސެޓްފިކެޓް 3 އިން ޕަބްލިކް ޕްރޮކިއުމެންޓް އެންޑް ފައިނޭންޝަލް ރެގިއުލޭޝަންގެ" ކަރިކިއުލަމާއި މޮޑިއުލްތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު 123-A/IUL/2016/44 (24 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން އެކަށީގެންވާ ވަރަށް މީހުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 14:00 އަށް މި ކޮމިޝަނަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

07 ނޮވެންބަރު 2016
ހޯދާ