މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލް އިދާރާއަށް ވޮޗަރުން ބޭނުންވެއްޖެއެވެ.

މި އިދާރާގެ (IUL)301/301/2016/59 ނަންބަރުގެ އިޢުލާނުގައިވާ ވޮޗަރުގެ މަޤާމަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެ އިޢުލާން ބާޠިލްކޮށްފައި، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.

މަޤާމް: ވޮޗަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: މަހަކު -/3،100 ރުފިޔާ.

އެލަވަންސް: މަހަކު -/1،000 ރުފިޔާ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް އުސޫލުން (މަސައްކަތަށް ރަނގަޅުނަމަ، ކޮންޓްރެކްޓް އާކުރެވޭ އުސޫލުން)

ކޮންޓްރެކްޓް މުއްދަތު: 2 އަހަރުދުވަސް

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލްގެ އިދާރާ

މަޤާމުގެ އަސާސީ ޝަރުޠުޠައް:

1. އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަން ކިޔަން އެނގުން.

2. ޞިއްޙަތު ސަލާމަތުންހުރި މީހެއްކަމުގައިވުން. 

3. ކައުންސިލުން ދައްކާ މަސައްކަތް ކުރެވޭނެ، ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުން.

4. ކައުންސިލް އިދާރާގެ ނުވަތަ ރ. އަނގޮޅިތީމުގެ އެހެން މުއައްސަސާއެއްގައި ވޮޗަރުކަން ނުވަތަ މަސައްކަތުމީހެއްގެ ވަޒީފާގައި އުޅެ ތަޖުރިބާ ލިބިފައިވުން.

5. އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހެއްކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން (ހަވީރު 4 އިން ހެނދުނު 8 އަށް، ޝިފްޓް ޑިއުޓީ)

2. ދިދަ ނެގުމާއި، ދިދަ ބޭލުން.

3. ކައުންސިލުން އަންގާ އެހެނިހެން ކަންކަމުގެ ތެރެއިން ހުނަރު ބޭނުންނުވާ ޒާތުގެ މަސައްކަތް ކުރުން.

4. ކައުންސިލް އިދާރާގެ ގޯތިތެރޭގައި ބަގީޗާ ހެއްދުމާއި، ގަސްކޮށައި ރީތިކުރުން.

5. ކައުންސިލުން އަންގާ، ކައުންސިލުގެ އިޚްތިޞާޞް ހިމެނޭ ތަންތަނުގައި ސެކިއުރިޓީ ބެލެހެއްޓުމާއި، އެތަންތަނުގައި ސެކިއުރިޓީ ބެލެހެއްޓުމާއި، އެތަންތަނުގައި މަސައްކަތް ކުރުން.

6. ކައުންސިލުން އަންގާ އެހެނިހެން މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންކަން:

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ތިރީގައި އެވާ ކަންކަމަށް އިސްކަންދެވޭނެއެވެ.

- ލިބިފައިވާ ތަޢުލީމާއި ތަމްރީން.

- މަސައްކަތުގެ ތަޖުރިބާ.

- މަސައްކަތުގެ ހުނަރާއި، ޤަބިލްކަން ސާބިތުކޮށްދިނުން.

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚު:

2016 ނޮވެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 1:00 ގެ ކުރިން، ރ. އަނގޮޅިތީމް ކައުންސިލް އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.

2. ވަޒީފާއެއްގައި އުޅޭނަމަ، އެ ވަޒީފާއެއްގައި އުޅޭކަމުގެ ލިޔުން.

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް.

4. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ /އަސްލާއެކު (ވަޒީފާއަށް އެދި ހުށަހަޅާއިރު ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.)

6. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސިޓީތަކުގެ ކޮޕީ/އަސްލާއެކު.

އިންޓަވިއު ކުރުން:

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނަ ތާރީޚު ފަހުން އެންގޭނެއެވެ.

29 މުޙައްރަމް 1438

30 އޮކްޓޫބަރު 2016
ހޯދާ