ދިވެހިރާއްޖެ
އިޢުލާން
2 އިމާރާތުގެ ކުލަ އައުކޮށްދޭނެ ފަރާތެއް ހޯދުމަށް.
މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ 2 އިމާރާތުގެ ކުލަ އައުކޮށްދޭނެ ފަރާތެއް ހޯދުމަށް 2016 އޮކްޓޫބަރު 20 ގައި ކުރެވުނު މި ސްކޫލުގެ ނަންބަރު GS116(IUL)/2016/031 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އެކަމަށް އެދި އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުން |
2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 13:30 ގައި. |
އަންދާސީހިސާބު ހުށަހެޅުން |
2016 ނޮވެންބަރު 22 ވާ އަންގާރަދުވަހުގެ 13:30 ގައި. |
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
8 ޞަފަރު 1438