ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓްއޮފިސަރ |
|
މަޤާމުގެ ގިންތި: |
ވަގުތީ |
|
މަޤާމުގެ ރޭންކް: |
ޖީ. އެސް. 3 |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ / ޅ. ނައިފަރު |
|
ސެކްޝަން: |
އެޓޯލް ޑިވެލޮޕްމަންޓް ސަރވިސަސް |
|
މުސާރަ: |
މަހަކު -/4465 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ |
|
ޢިނާޔަތްތައް: |
1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް: |
1- ރައްޔިތުންގެ ތަރައްޤީއަށްޓަކައި ނުވަތަ ރަށުގެ ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތައް ކުރުން. 2- ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ދޭދޭ ފަރުދުންގެ އާމްދަނީ އިތުރުކުރުމަށް ކުރެވެންހުރި ކަންތައްތައް ބަލައި، ޕްރޮގްރާމްތައް ހިންގުން. 3- އިޤްތިޞާދީ ތަރައްޤީއާއި، އިޖުތިމާޢީ ތަރައްޤީއަށް ކުލަބް ޖަމްޢިއްޔާތަކާއި ޖަމާޢަތްފަދަ ތަންތަނުން ކުރާ މަސައްކަތްތަކަށް އެހީތެރިވުން. 4- އަތޮޅުގެ އިޤްތިޞާދީ ތަރައްޤީއާ ގުޅޭ މަސައްކަތްތައް ރާވައި ހިންގުން. 5- އަތޮޅު ރައްޔިތުންގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ރާވައި، ހިންގޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުން. 6- އިދާރީ ދާއިރާގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި އެހެނިހެން ޞިނާޢަތްތައް ކުރިއެރުވުމަށް އެހީތެރިވުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން. 7- އަތޮޅުގައި ކުޅޭ އެކިއެކި ސަގާފީ، ކުޅިވަރުތައް ދިރުވައި އާލާކުރުމުގައި ކްލަބް ޖަމްޢިއްޔާތަކާ ގުޅިގެން މަސައްކަތްކުރުމާއި، އެފަދަ ފަރާތްތަކަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދިނުން. 8- ޔުނިޓުން ލިޔަންޖެހޭ ސިޓީއާއި މެސެޖްފަދަ ތަކެތި ލިޔުން. 9- ޔުނިޓުގެ ލިޔުންތައް ފައިލުކޮށް ބެލެހެއްޓުން. |
|
މަޤާމުގެ ޝަރުޠުތައް: |
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
|
މަޤާމުގެ ޝަރުޠު ކަނޑައެޅުމުގައި ބެލޭނެ ދާއިރާތައް: |
1. ބިޒްނަސް އެޑްމިނިސްޓްރޭޝަން 2. ބިޒްނަސް މެނޭޖްމަންޓް 3. ޕްރޮޖެކްޓް މެނޭޖްމަންޓް 4. ޕްރޮޖެކްޓް އެޑްމިނިސްޓްރޭޝަން 5. ބިޒްނަސް މެނޭޖްމަންޓް އެންޑް އޮޕަރޭޝަން 6. އެކައުންޓިންގ އެންޑް ފައިނޭންސް |
|
ވަޒީފާއަށް ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންކަން: |
1. ވަޒީފާގެ ޝަރުޠު: % 11 2. ލިބިފައިވާ ތަޢުލީމާއި ތަމްރީނު: % 38 3. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ: % 8 4. ލިބިފައިވާ ހުނަރު (އިންޓަވިޔު): % 43 |
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން: |
2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާއަށް. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.,mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީ. މެއިލް އެޑްރެސް ހިމެނޭގޮތުން) 3. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލް ސައރވިސްގެ ވަޒީފާއަކަށް ހޮވިޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިއުން. 4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް (ދެފުށުގެ) 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެއްވޭނޭކަމަށް މޯލްޑިވްސް ކޮލިފިކެޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ. ށ. ސިވިލް ސަރވިސް ޓްރޭނިންގ އިނިސްޓިޓިއުޓުން ހިންގަވާ ކޯސްތަކުން ކޯހެއް ފުރިހަމަކޮށްފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ. 6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) |
|
އިންޓަވިޔުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުމާއި، އިމްތިޙާނުކުރުން: |
އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ (ވަގުތީ) ކަމުގެ މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިޔު، އިންޓަވިޔުއާއި، ޕްރެޒެންޓޭޝަން އޮންނާނީ، 16 ނޮވެންބަރު 2016 އާއި 29 ނޮވެންބަރު 2016 އާ ދެމެދު، ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގައެވެ. |
|
ޝޯޓް ލިސްޓް ކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރަށާއި، ތަޖުރިބާއަށް ބަލައިގެން، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
ނޯޓު: |
ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލްކުރެވޭނެއެވެ. |
|
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރުމަށް، 6620331 ނަންބަރު ފޯނަށް، ނުވަތަ 6620261 ނަންބަރު ފޯނާ ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ،
6620043 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. |
7 ޞަފަރު 1438