ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| 
 މަޤާމް:  | 
 ތަރުޖަމާނު  | 
||
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
 މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1  | 
 މަޤާމުގެ ރޭންކް: GS3  | 
| 
 މުސާރަ:  | 
 މަހަކު -/4465 ރުފިޔާ  | 
||
| 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/1500 ރުފިޔާ  | 
||
| ޢިނާޔަތްތައް: | 
 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައި އޮންނަ އުސޫލުން ރިސްކް އެލަވަންސް.  | 
||
| 
 ވަޒީފާ އޮތް ތަން:  | 
 ބ. ތުޅާދޫ ޞިއްޙީ މަރުކަޒު  | 
||
| 
 މަސައްކަތްކުރަންޖެހޭ ތަން:  | 
 ބ. ތުޅާދޫ ޞިއްޙީ މަރުކަޒު  | 
||
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 
 
 
 
 
  | 
 1. ކޮންމެ ޑިއުޓީއެއް ފެށުމުގެ ކުރިން، ކޮންސަލްޓޭޝަން ރޫމްތައް ޗެކްކޮށް، އެތަންތަނުން މަދުވާ ތަކެތި، ބަލިމީހުން ބަލަންފެށުމުގެ ކުރިން ހަމަކުރުން. 2. ބަލިމީހާ ބުނާ އެއްޗެއް އޭގެ އެންމެ ފުރިހަމަގޮތުގައި އިނގިރޭސިބަހުން ޑޮކްޓަރަށް ތަރުޖަމާކޮށްދިނުމާއި، ޑޮކްޓަރ ދެއްވާ ލަފައާއި މަޝްވަރާ އޭގެ އެންމެ ފުރިހަމަގޮތުގައި ބަލިމީހާއަށް ދިވެހިބަހުން ބުނެދިނުން. 3. ބަލިމީހާގެ މަޢުލޫމާތުތައް ރަނގަޅަށް ޗެކްކޮށް ރަޖިސްޓްރީކުރުން. 4. ބަލިމީހުންގެ ސިއްރުތައް ހިފެހެއްޓުމާއި، ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށް ހަމަހަމަކަމާއެކު ޚިދުމަތްދިނުމަށް މަސައްކަތްކުރުން. 5. އާސަންދައިގެ ޕޭޝަންޓުންނަށް ހަމަޖެހިފައިވާ އުސޫލުން ޚިދުމަތްދީ، މަޢުލޫމާތުތައް ޗެކްކުރުން. 6. ބަލިމީހުން ރިފަކުރާއިރު އޯ ޕީ ޑީ އިން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.  | 
||
| 
 ތަޢުލީމާއި ތަޖުރިބާ:  | 
 1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒިނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންޕޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒިނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންޕޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  | 
||
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:  | 
 1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.  | 
||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ބ. އަތޮޅު ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ހުރިހާ ސެޓުފިކެޓުތަކުގެ ކޮޕީ: ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިކްޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިކްޓްކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ) ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިކްޓްކުރާކަށެއް ނުޖެހޭނެއެވެ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕުގެ ކޮޕީ) ނ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނެ ސާފު ކޮޕީއެއް. 7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)  | 
||
| 
 ސުންގަޑި:  | 
 2016 ނޮވެންބަރު 22 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ބ. އަތޮޅު ހޮސްޕިޓަލުގެ އޮފީހަށް، ފޯމު ހުށަހަޅަންވާނެއެވެ.  | 
||
| 
 އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:  | 
 2016 ވަނަ އަހަރުގެ ޑިސެންބަރުމަހު، ބ. އަތޮޅު ހޮސްޕިޓަލުގައި. ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
||
| 
 އިތުރު މަޢުލޫމާތު:  | 
 މަޢުލޫމާތު ސާފުކުރުމަށް، ބ. އަތޮޅު ހޮސްޕިޓަލުގެ 6608309 ނަންބަރު ފޯނަށް، ރަސްމީގަޑީގައި ގުޅުން އެދެމެވެ.  | 
||
| 
 2 ޞަފަރު 1438  | 
|||
