ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި އިދާރާގެ ނަމްބަރ: (IUL)393/393/2016/43 (8 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.
ކިނބިދޫ ކައުންސިލް އިދާރާގެ ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީ ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ކުރަންހުރި މައިގަނޑު މަސައްކަތްތައް
1- ކޮޓަރިއެއްގެ ތަޅުންގަޑެއް ތަޅާލައި އަލުން ތަޅުން އަޅައި މުށިޖެހުން
2- ބޮޑުދޮރެއް ނައްޓާލައި ދޮރެއް ބެހެއްޓުން
3- ކޮންކްރީޓްކޮށް ހަރުކޮށްފައިހުރި ތިޖޫރިއެއް ނެގުން
4- މިހާރު ހުރި ސީލިންގެއް ނެގުމަށްފަހު އަލުން ސީލިންގ އެޅުން
5- ދޮރުތަކުގައި ދަވާދުލުން
6- ކައުންސިލްގެ ވަށައި އިންފާރުގައި ކުލަލުން
ވީމާ، މި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން 10 ނޮވެންބަރު 2016 ވާ ބުރާސްފަތިދުވަހުގެ މެންދުރުކުރީގެ 11:00 ގައި މި އިދާރާގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުމަށް ހަމަޖެހިފައިވަނީ ކުރިމަތިލާ އެންމެންގެ ހާޒިރުގައި 2016 ނޮވެންބަރު 14 ހޯމަދުވަހުގެ މެންދުރުކުރީގެ 11:00ގައި މި އިދާރާގައެވެ. އަންދާސީހިސާބުތައް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ، ސިޓީއުރައިގެ ބޭރުގައި '' ކިނބިދޫ ކައުންސިލުގެ އިދާރާ މަރާމާތުކޮށްދިނުމަށް އެދި '' މިހެން ލިޔެފައި އޮންނަންވާނެއެވެ.
މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވަންވާނީ ބަދަލުގައި ފޮނުވާ މީހެއްކަން އެނގޭނެ ސިޓީއަކާ އެކުގައެވެ.
މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިއަށް ހާޒިރނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
1 ޞަފަރު 1438