ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސްމާޓް ޔޫ.ޕީ.އެސް ގަންނަން

އިޢުލާން

ސްމާޓް ޔޫ.ޕީ.އެސް ގަންނަން ބޭނުންވެއްޖެ

ތިރީގައި މި ދަންނަވާ ސްޕެސިފިކޭޝަނާ އެއްގޮތަށް ސްމާޓް ޔޫ.ޕީ.އެސް މި ބިއުރޯއަށް ގަންނަން ބޭނުންވެއްޖެއެވެ.

Lot: 1

Smart UPS System

Form Factor

Rack Mountable (3U or lower)

Power Capacity

3000VA / 2600 Watts or Above

 

Nominal Output Voltage

230V

Distortion

Less than or equal to 6%

Frequency (Output)

50/60Hz

Topology

Line Interactive

Nominal Input Voltage

230V

Battery Type

Maintenance-free sealed Lead-Acid leak-proof battery

Ports

1 x USB

Weight

Less than 50 Kg

 

Warranty

3 Years Parts and Service

ކޯޓޭޝަނާއެކު ހުށަހަޅަންޖެހޭ ތަކެތި:

- ކުންފުނި/އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓަރީގެ ކޮޕީ

- އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދައިގެ ކޮޕީ

- ޖީއެސްޓީ/ބީޕީޓީ ސެޓުފިކެޓުގެ ކޮޕީ އަދި ޖީއެސްޓީ/ބީޕީޓީގެ އެންމެ ފަހުން މީރާއަށް ފައިސާ ދެއްކި ސްލިޕުގެ ކޮޕީ

- ޖީއެސްޓީ ކްލިއަރެންސް ރިޕޯޓް

- ކޮމްޕެނީގެ ޕްރޮފައިލް

- މަސައްކަތުގެ ތަޖުރިބާގެ ލިޔުން. (ވޭތުވެދިޔަ 3 އަހަރުދުވަހު މިފަދަ މަސައްކަތްކޮށްފައިވާނަމަ، އެފަރާތްތަކުން ދީފައިވާ ލިޔުން) ހުށަހަޅަން ވާނެއެވެ.

މާކްސް ދެވޭ މިންގަނޑު:

- އެންމެ ކުޑަ އަގަށް 60 މާކްސް

- އެންމެ ކުޑަ މުއްދަތަށް 30 މާކްސް

- ތަޖުރިބާއަށް 10 މާކްސް

މި އިޢުލާނާ ގުޅޭ މަޢުލޫމާތުޝީޓް މި ބިއުރޯގެ ވެބްސައިޓް (www.statisticsmaldives.gov.mv) އިން ލިބެން ހުންނާނެއެވެ.

ވީމާ، ޔޫ.ޕީ.އެސް ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 13 ވަނަ ދުވަހުގެ 11:30 އަށް މި ބިއުރޯ މިހާރު ހިނގަމުންދާ އިމާރާތް "ދާރުލް-އީމާން ބިލްޑިންގ" ގެ 8 ވަނަ ފަންގިލާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. މި އިމާރާތް ހުންނާނީ މާފަންނު މަދަރުސާގެ ހުޅަނގުން ކަމުގައިވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުންފުޅުވެލައްވާނަމަ މި އޮފީހުގެ ފޯންނަންބަރު. 3008484 ، 3008414 އަށް ގުޅުއްވުން އެދި ދެންނެވީމެވެ.

6 ޞަފަރު 1483

06 ނޮވެންބަރު 2016
ހޯދާ