ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސެކިއުރިޓީ ބެލެހެއްޓުން:

މި ސުކޫލުގެ ނަންބަރު:GS168/IUL/2016/55 އިޢުލާނުގައި މައްސަލަތަކެއް ހުރުމުން އެ އިޢުލާން ބާޠިލުކޮށް، ކޮންޓްރެކްޓް އުސޫލުން 2017 ވަނަ އަހަރު މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާންކުރަމެވެ.

މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސުކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

ތަފުސީލު

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތުދިނުމުގެ ބައްދަލުވުން

ދިއްގަރު ސުކޫލް އޮފީސް

17 ނޮވެންބަރު 2016

ބުރާސްފަތި

ހެނދުނު 10:00

އަންދާސީހިސާބު ހުށަހެޅުން

ދިއްގަރު ސުކޫލް އޮފީސް

22 ނޮވެންބަރު 2016

އަންގާރަ

ހެނދުނު 10:00

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި ސުކޫލަށް ހުށަހަޅަންވާނެއެވެ. މަޢުލޫމާތުދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

8 ޞަފަރު 1438

08 ނޮވެންބަރު 2016
ހޯދާ