ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މަސައްކަތު

ނ. ހެނބަދޫ ޞިއްޙީމަރުކަޒުގެ މަސައްކަތު މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު މި ހޮސްޕިޓަލްގެ ނަންބަރު: (IUL)NAH-A-AD/NAH/2016/4 (17 އޮކްޓޫބަރު 2016) އިޢުލާން ބާޠިލުކޮށް، އެމަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ގްރޭޑް 1

ރޭންކް:SS 1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ރިސްކު އެލަވަންސް: ހަމަޖެހިފައިވާ އުސޫލުން ވަޒީފާގެ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކު އެލަވަންސް ދެވޭނެއެވެ.

ޑިވިޝަން/ ސެކްޝަން

-

ވަޒީފާ އަދާކުރަންޖެހޭ ތަން

ނ. ހެނބަދޫ ޞިއްޙީމަރުކަޒު

އާންމު ގޮތެއްގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ގަޑި

ރަސްމީގަޑި (ރަމަޟާންމަސް ފިޔަވައި އެހެން މަސްމަހުގެ ހެނދުނު 8:00 އިން 14:00 އަށް)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މަރުކަޒުގެ ބޭނުންތަކުގައި އެކިއެކި ތަންތަނަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް، ޕާރސަލް ފަދަ ތަކެތި އަމާނާތްތެރިކަމާއެކު، އޮފީހުން އަންގަވާ ތަންތަނަށް ގެންގޮސް ހަވާލުކުރުން.
  2. މަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަޙައްދު ކުނިކަހައި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުން.
  3. މަރުކަޒުގެ ގޯތިތެރެ ފެހިކޮށް ބޭއްވުމަށްޓަކައި ގަސް ހައްދައި، ގަސްތަކަށް ފެންދީ ގަސް ކޮށައި ބެލެހެއްޓުމާއި، މަރުކަޒުގެ ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމަށް މަސައްކަތް ކުރުން.
  4. އިދާރީ މުވައްޒަފުން މަސައްކަތްކުރާ ބައިގެ ޑަސްބިންތައް ބަލައި، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ނައްތާލުން.
  5. މަރުކަޒުގެ ތެރޭގައި ހުންނަ ބޮކިތަކާއި ފަންކާ ހޮޅިބުރި ގަޑި ފަދަ ތަކެތި ބަލައި އެއްވެސް މައްސަލައެއް ދިމާވެފައިވާނަމަ ހައްލުކުރުން. މިގޮތުން ހައްލު ނުކުރެވޭ ފަދަ ކަމެއް ދިމާވެއްޖެނަމަ، އެކަމެއް އިދާރީ މުވައްޒަފަކަށް ރިޕޯޓް ކުރުން.
  6. މަރުކަޒުގައި ހިފައިގެންގުޅޭ ތަކެތި (ތަފާތު މަސައްކަތްތައް ކުރުމަށް ބޭނުންކުރާ ސާމާނު) ދަބަރު ޖެހިޔަނުދީ ސާފުކޮށް ބެލެހެއްޓުން
  7. މަރުކަޒަށް ގެނެވޭ ނުވަތަ މަރުކަޒުގެ ބޭނުންތަކަށް ހޯދާ މުދާ ފަދަ ތަކެތި ފިހާރަތަކުން ނުވަތަ ބޯޓުކައިރިން މަރުކަޒަށް ގެނައުމާއި، އިދާރީމުވައްޒަފުގެ ލަފާގެމަތިން މަރުކަޒުގެ ގުދަނުގައިވާ ހަރުތަކުގައި ޖެއްސުން.
  8. މަރުކަޒުގެ އެއްވެސް ޑިޕާޓްމަންޓަކުން އެއްތަނުން އަނެއްތަނަށް އެއްޗެއް ގެންގޮސް ގެނައުމަށް ހަވާލުކޮށްފިނަމަ، ވީ އެންމެ ރަނގަޅަކަށް އެކަން ކޮށްނިންމައިދިނުން.
  9. ޞިއްޙީމަރުކަޒުން އިންތިޒާމުކުރާ ޖަލްސާތަކާއި، ބައްދަލުވުންތަކާއި، އެކިއެކި ދުވަސްތަކާއި މުނާސަބަތުތައް ފާހަގަ ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން.
  10. ހެނދުނު 6:00 ގައި ދިދަ ނެގުމާއި، އިރުއޮއްސި 6:00 ގައި ދިދަ ތިރިކުރުން.
  11. މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތްތަކާއި، އެކިއެކި އިޖުތިމާޢީ ހަރަކާތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން.
  12. މީގެ އިތުރުންވެސް ރަސްމީ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

 ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތައުލިމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމު (އެޕްލިކޭޝަންފޯމު ޞިއްޙީމަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.)

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

  (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

  (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

ފޯމު ހުށަހެޅުމުގެ ސުންގަޑި

16 ނޮވެންބަރު 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނ. ހެނބަދޫ ޞިއްޙީމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ނޮވެންބަރުމަހުގެތެރޭގައި ނ. ހެނބަދޫ ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ރަސްމީގަޑީގައި 6560025 ނުވަތަ 6560037 ނަންބަރު ފޯނާއެވެ.  

07 ނޮވެންބަރު 2016
ހޯދާ