ދިވެހިރާއްޖެ
އިޢުލާން
އެކިއެކި ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުމާބެހޭ
ހައްދުންމަތީ ކުނަހަންދޫ ބަނދަރު ސަރަޙައްދުން ބިން ދޫކުރުމަށް ކުރި ނަންބަރު 405-A/2016/43 , (23.10.2016) 405-A/2016/41 ، (23.10.2016) 405-A/2016/42 (23.10.2016) މި ތިން އިޢުލާނުގައި މައްސަލަތަކެއް އުޅޭތީ އިޢުލާންތައް ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
ލ.ކުނަހަންދޫގެ ބަނދަރުގައި ތެލުގެ ވިޔަފާރި، މަހުގެ މަސައްކަތް ކުރުމަށް، ވިޔަފާރި ކުރުމަށް ރޭވިފައިވާ ޕްލޭނުގެ ދަށުން ބަނދަރު ސަރަޙައްދުގައި ތެލުގެ ވިޔަފާރި ކުރުމަށް 1 ބިން، މަހުގެ މަސައްކަތް ކުރުމަށް 1 ބިން، ވިޔަފާރި ކުރުމަށް 5 ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
1- ބަނދަރުގެ ވިޔަފާރި ސަރަޙައްދުގައި ތެލުގެ މަސައްކަތް ކުރުމަށް 1b ނަންބަރު ބިން
2- ބަނދަރުގެ ވިޔަފާރި ސަރަޙައްދުގައި މަހުގެ މަސައްކަތް ކުރުމަށް 2 ނަންބަރު ބިން
3- ބަނދަރުގެ ވިޔަފާރި ސަރަޙައްދުގައި ވިޔަފާރި މަސައްކަތް ކުރުމަށް 7،8،9،10،11 ނަންބަރު ބިން
ވީމާ، އެކިއެކި ވިޔަފާރި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
* މަޢުލޫމާތު ސާފުކުރުން: 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 10:00 އަށް
* އަންދާސީހިސާބު ހުށަހެޅުން: 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
30 މުޙައްރަމް 1438