މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ބިން ދޫކުރުމާ ގުޅޭ

އިޢުލާން

ދިރިއުޅުމަށް ބިން ދޫކުރުމާ ގުޅޭ:

13 ޖަނަވަރީ 2016 ގައި މި ކައުންސިލުގެ ނަންބަރު:(IUL)309-AHI/309/2016/3  އިޢުލާނުން ހުޅުވާލި ފުރުޞަތަށް އެދި ހުށަހެޅި ފޯމުތައް މުރާޖަޢާކުރަމުން ދިޔައިރު، އިތުރަށް ބޭނުންވާ މަޢުލޫމާތުތަކެއް ހުރުމުން، ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

އެހެންކަމުން، އިތުރަށް ބޭނުންވާ މަޢުލޫމާތުތައް ހުށަހަޅާ ފޯމު 2016 ނޮވެންބަރު 6 ވަނަ ދުވަހުން ފެށިގެން މި ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. މި ފޯމު ފުރުމަށްފަހު، 2016 ނޮވެންބަރު 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުން އެދެމެވެ. މި ފޯމުގެ އަސްލު ހުށަހެޅެން ނެތްނަމަ، މި އިދާރާގެ އީމެއިލް ([email protected]) އަށް ފޮނުވުމުން ފޯމު ޤަބޫލުކުރާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މި ފޯމުން އެއްކުރާ މަޢުލޫމާތުތަކަކީ، ގޯއްޗަށް އެދިފައިވާ މީހުންނަށް ޕޮއިންޓް ދިނުމަށް ވަރަށް މުހިންމު މަޢުލޫމާތުތަކަކަށްވާތީ، ރ. އިނގުރައިދޫން ގޯއްޗަށް އެދިފައިވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދިނުމަށް އަންގައި އިޢުލާންކުރަމެވެ.

އިތުރު މަޢުލޫމާތު ސާފްކުރުމަށް 6580028 ނަންބަރު ފޯނަށް ގުޅައި މަޢުލޫމާތު ސާފުކުރުމަށް ދަންނަވަމެވެ.

29 މުޙައްރަމް 1438

30 އޮކްޓޫބަރު 2016
ހޯދާ