ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުގެ ނަންބަރު: GS168/IUL/2016/46 އިޢުލާނާ ގުޅިގެން 3 (ތިނެއް) ފަރާތުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، މި ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް 5 (ފަހެއް) މަލްޓިމީޑިއާ ޕްރޮޖެކްޓަރ ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ދިއްގަރު ސްކޫލް އޮފީސް |
14 ނޮވެންބަރު 2016 |
ހޯމަ |
މެންދުރުކުރި 11:00 |
އަންދާސީހިސާބު ހުށަހެޅުން |
ދިއްގަރު ސްކޫލް އޮފީސް |
17 ނޮވެންބަރު 2016 |
ބުރާސްފަތި |
މެންދުރުކުރި 11:00 |
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި ސްކޫލަށް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
3 ޞަފަރު 1438