ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި ޖެހުމަށް ބޭނުންވާ ތަކެތި ގަތުމަށް

އިޢުލާން

މަގުބައްތި ޖެހުމަށް ބޭނުންވާ ތަކެތި ގަނެގެން ކައުންސިލާ ހަމައަށް ގެނެސްދިނުން

އަލަށް އާބާދުވެފައިވާ ސަރަޙައްދުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ތަކެތި ގަތުމަށް ކުރި މި ކައުންސިލުގެ ނަންބަރު: (IUL)258/2016/98 (12 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަގުތައް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މިދަންނަވާ ތަކެތި ގަނެގެން މި ކައުންސިލަށް ގެނެސްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިތަކެތި ގަނެގެން ކައުންސިލަށް ގެނެސްދިނުމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަން މިފުރުޞަތުގައި އަންގައި އިޢުލާން ކުރީމެވެ.

25 ބައްތި ދަނޑި ހެދުން.

1000 މީޓަރ ކޭބަލް 44 ގެ.

02 ރޯލް ފަތިކޭބަލް 2.5 ގެ.

25 ލައިޓް 4 ފޫޓުގެ 40 ވޯޓުގެ ދަގަނޑު.

10 ފޮޓޯސެލް 40 އެމްޕިއަރުގެ.

25 ސާކެޓް 6 އެމްޕިއަރުގެ.

800 މީޓަރ ވޯނިންގ ޓޭޕް.

29 މުޙައްރަމް 1438

30 އޮކްޓޫބަރު 2016
ހޯދާ