ދިވެހިރާއްޖެ
އިޢުލާން
މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:
2017 ވަނަ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން މި ސްކޫލުގައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރު: GS-107/2016/28 (11 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން އެމަސައްކަތަށް ކުރިމަތިލައި، މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މި ސްކޫލުގައި ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- ކްލާސްރޫމް 5 ، 6 އަދި 7 ގެ ދޮރާއި ދޮރުފަތްތައް ބަދަލުކުރުން.
- ރޫމް ނަންބަރު 8 ، 9 އަދި ސައިންސްލެބްގެ ކުޑަދޮރުފަތްތައް މަރާމާތުކުރުން
- 9 ކްލާސްރޫމުގެ ތަޅު ބަދަލުކުރުން
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތުދިނުން އޮންނާނީ 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 10:00 ގައި މި ސްކޫލުގައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 ނޮވެންބަރު 16 ވާ ބުދަދުވަހުގެ 10:00 ގައި މި ސްކޫލުގައެވެ.
މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި އަންނައިރު، ބަދަލުގައިކަން އެނގޭނެފަދަ ލިޔުމެއް ގެނައުން އެދެމެވެ.
29 މުޙައްރަމް 1438