ދިވެހިރާއްޖެ
އިޢުލާން
ހއ. އުތީމު، ޣާޒީ ބަންޑާރައިން ސްކޫލުގެ ފާޚާނާގެ ދޮރުތައް ބަދަލުކުރުމާއި، ކްލާސްރޫމުގެ ނަލަފިލާ ބަދަލުކުރުމާއި، އިމާރާތުގެ ބޭރުގައި ކުލަ ލައިދޭނެ ފަރާތެއް ހޯދުން
ހއ.އުތީމު، ޣާޒީ ބަންޑާރައިން ސްކޫލުގެ ފާޚާނާގެ ދޮރުތައް ބަދަލުކުރުމާއި، ކްލާސްރޫމުގެ ނަލަފިލާ ބަދަލުކުރުމާއި، އިމާރާތުގެ ބޭރުގައި ކުލަލުމަށް ކުރި ނަންބަރު GS39/2016/11 (20.10.2016) އިޢުލާނާ ގުޅިގެން އެންމެ ފަރާތަކުން ކުރިމަތިލާފައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ހއ. އުތީމު ޣާޒީ ބަންޑާރައިން ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
| 
 މަޢުލޫމާތު ސާފުކުރުމަށް  | 
 އަންދާސީހިސާބު ހުށަހެޅުމަށް  | 
| 
 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 12:00 އަށް  | 
 2016 ނޮވެންބަރު 22 ވާ އަންގާރަދުވަހުގެ 12:00 އަށް  | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ. މި ބީލަމަށް ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، ވިޔަފާރިތަކަށާއި، އަދި އަމިއްލަ ފަރުދުންނަށްވެސް ކުރިމަތިލެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6500046 ނަންބަރު ފޯނަށެވެ.
19 މުޙައްރަމް 1438
