ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު
މި ސްކޫލުގެ ނަންބަރު GS112/IUL/2016/07 (25 އޮގަސްޓު 2016) އިން މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގައި ޓީޗަރުން ބޭނުންކުރުމަށް ފާޚާނާއެއް ޢިމާރާތްކުރުމަށް ކުރި އިޢުލާނަށް އެކަށީގެންވާ އަދަދަކަށް ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މިދެންނެވި މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކެއް ހޯދުމަށް އަލުން އިޢުލާންކުރީމެވެ.
މި މަސައްކަތާ ގުޅޭގޮތުން ހިންގާ މުޢާމަލާތްތައް މިދަންނަވާ ގޮތުގެ މަތީން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
| މުޢާމަލާތް | ތަން | ތާރީޚް | ގަޑި | 
| މަޢުލޫމާތު ދިނުން | ޅޮހީސްކޫލް | 2016 ނޮވެންބަރު 8 (ބުރާސްފަތި) | މެންދުރުފަހުގެ 2:00 | 
| އަންދާސީހިސާބު ހުށަހެޅުއްވުން | ޅޮހީސްކޫލް | 2016 ނޮވެންބަރު 16 (އާދީއްތަ) | މެންދުރުފަހުގެ 2:00 | 
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.
 
                    