މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަން
ދިވެހިރާއްޖެ
ލިޓްލްމެއިޑް ކުދިންގެ ވާރކިންގ ޔުނިފޯމަށް ބޭނުންކުރާ ޓީޝާޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަންގެ ލިޓްލްމެއިޑް ވާރކިންގ ޔުނިފޯމު ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

މި އެސޯސިއޭޝަންގެ ލިޓްލްމެއިޑް ކުދިންގެ ވާރކިންގ ޔުނިފޯމަށް ބޭނުންކުރާ ޓީޝާޓް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މި އެސޯސިއޭޝަނުން ދައްކާ ނަމޫނާ އަދި ދެވޭ މަޢުލޫމާތާ އެއްގޮތަށް މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި އެސޯސިއޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި ބީލަން ހުށަހަޅުއްވާނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރެވޭ ބީލަން ހުށަހަޅާ ފޯމުންނެވެ. ބީލަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ ނަންބަރާ ގުޅުއްވުން، ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.

މޯލްޑިވްސް ގާރލްގައިޑް އެސޯސިއޭޝަން

ހ. ކްރެސެންޓް މޫން

މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 3317932

ފެކްސް: 3312701

އީމެއިލް: [email protected]

06 ނޮވެންބަރު 2016
ހޯދާ