ބަނޑިދޫ ސްކޫލް، ދ. ބަނޑިދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.     

ކޮންޓްރެކްޓް އުސޫލުން 2017 ވަނަ އަހަރު (1 ޖަނަވަރީ 2017 އިން ފެށިގެން 31 ޑިސެންބަރު 2017 ގެ ނިޔަލަށް) މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓަވައިދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިކަމަށް އެދި ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިކަން ކުރެއްވުމަށް ހުށަހެޅުއްވޭނީ މިކަމާ ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ. އަދި މިކަމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ (ސެކިއުރިޓީ ބެލެހެއްޓުމަށް ރަޖިސްޓަރީ) ކުރެވިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

މަޢުލޫމާތު ދިނުން:

މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2016 ނޮވެންބަރު 16 ވާ ބުދަދުވަހުގެ 9:30 ގައި މި ސްކޫލުގައެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

މި މަސައްކަތް ކޮށްދެއްވުމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 2016 ނޮވެންބަރު 22 ވާ އަންގާރަދުވަހުގެ 10:30 ގައި މި ސްކޫލުގައެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ކޮންޓްރެކްޓް އުސޫލުން ސެކިއުރިޓީ ބެލެހެއްޓުން އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ބިޑް އިވެލުއޭޓްކުރުމުގައި މާކްސް ދެވޭނެ ގޮތުގެ ތަފުސީލު

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ފޯމިއުލާ

އަގު

75%

  • ހުށަހަޅާ އަގަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގަކަށް.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

15%
  • ތަޖުރިބާއަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ މުއްދަތުގެ ތެރެއިން އެންމެ ދިގުމުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަ ތަޖުރިބާ ލިބިފައިވާ ފަރާތަށް.

(Submitted experience duration / Benchmark experience duration)  x Allocated Percentage

މުވައްޒަފުން

10%
  • ސެކިޔުރިޓީންގެ ގޮތުގައި ބޭނުންކުރާ މުވައްޒަފުން
  • އަންދާސީހިސާބު ހުށަހަޅާ ކޮންމެ ފަރާތަކުންވެސް މަދުވެގެން 3 ވޮޗަރުން ގެންގުޅެން ޖެހޭނެއެވެ.
  • މިގޮތުން އިތުރަށް ބޭނުންކުރާ ވޮޗަރުންނަށް މާކްސް ދޭނީ ހުށަހަޅާ ހުށަހެޅުންތަކުން އެންމެ ގިނަ ވޮޗަރުން ބޭނުންކުރުމަށް ހުށަހަޅާ އަދަދު އެއީ ބެންޗްމާކު އަދަދު ކަމުގައި ބަލައިގެން ހުށަހަޅާ އަދަދުން ލިބޭ % އެއް.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަ ވޮޗަރުން ހުށަހަޅާ ފަރާތަށެވެ.

(Number of Security Officers / Bench Mark) x Allocated Percentage

  1. ބިޑް އިވެލުއޭޓް ކުރާނީ މި ސްކޫލުގެ ފަރާތުން އެކުލަވާލެވޭ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޝަރުޠު ފުރިހަމަވާ އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް މި މަސައްކަތް ހަވާލުކުރެވޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެނގޭނެއެވެ.
  3. ބިޑް އިވެލުއޭޝަނަށްފަހު އެއްވެސް ޝަކުވާއެއް އޮތްނަމަ، ސިޓީއަކުން ސްކޫލަށް ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، މި ސްކޫލުގެ ނަންބަރު 7952916 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނުކުރަމެވެ.

07 ނޮވެންބަރު 2016
ހޯދާ