ދިވެހިރާއްޖެ
އިޢުލާން
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް
ކޮންޓްރެކްޓް އުސޫލުން، މީލާދީ 1 އަހަރުދުވަހުގެ މުއްދަތަށް، މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 13:00 ގައި މި ސްކޫލުގައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ ހެނދުނު 10:00 ގައި މި ސްކޫލުގައެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މީގެ އިތުރުން، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުންނާއި އަންދާސީހިސާބު ހުށަހެޅުމަށް އޮންނަ ގަޑީގެ ފަހުން ހުށައަޅާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ އުލިގަމު މަދަރުސާގެ 6500548 ނަންބަރު ފޯނަށެވެ.
2 ޞަފަރު 1438