ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުން ދައްކާ ނަމޫނާއާ އެއްގޮތަށް މި ސްކޫލުގެ ސްޓާފްރޫމުގައި ފާޚާނާ ހަދައިދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު (IUL)MUH-01/1/2016/52 އަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހިފައިވާތީ މި އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 މަޢުލޫމާތު ސާފުކުރެއްވުން  | 
 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 12:30 ގައި  | 
| 
 އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން  | 
 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި  | 
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 3390634 އަށް ގުޅުއްވުން އެދެމެވެ.
