ނޮޅިވަރަންފަރު ސްކޫލް
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މި ސްކޫލުގައި ކުރަންހުރި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: GS-89/IUL/2016/50 (20 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން ލިބިފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

  • މަސައްކަތްތައް:
  1. ފާޚާނާބްލޮކެއް އިމާރާތް ކުރުން.
  2. ސްކޫލުގެ މައި ގޭޓް ހެދުން.
  3. ނޯޓިސްބޯޑު ބޮޑުކުރުން.
  4. ދިޔަދޮވި ބަދަލުކުރުން.

ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން ތިރީގައިވާ ތާވަލާ އެއްގޮތަށް އޮންނާނެއެވެ. ރަށުން ބޭރު ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް، ސްކޫލުގެ ފޯން ނަންބަރު: 6520535 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވިދާނެއެވެ. މަޢުލޫމާތު ސާފުކުރައްވާ ފަރާތުގެ ބަދަލުގައި އަންދާސީހިސާބު ހުށަހަޅުއްވަން ދުރުވާ ފަރާތްތަކުން އެކަން އެނގޭނެ ސިޓީއެއް ހިއްޕަވައިގެން ދުރުވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް.

2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 10:30 އަށް.

2 ޞަފަރު 1438

02 ނޮވެންބަރު 2016
ހޯދާ