ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު: TES/2016/C-017
ޝައުޤުވެރިކަން ހުށަހެޅުމުގެ ދަޢުވަތު
ކޮންސަލްޓެންސީ ސަރވިސަސް ފޮރ ދަ ކޮންސްޓްރަކްޝަން ސުޕަރވިޝަން އޮފް ޕްރޮވިޝަން އޮފް ސުވަރޭޖް ފެސިލިޓީޒް އަންޑަރ ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް
(ލޯން ނަންބަރު 1669B)
1. އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދިވެހި ސަރުކާރަށް ލޯނު އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން، އައްޑުއަތޮޅުގެ 5 ރަށް ކަމަށްވާ ސ.ހުޅުދޫ، ސ.މީދޫ، ސ.މަރަދޫ، ސ.މަރަދޫފޭދޫ، ސ.ފޭދޫގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތައް އަދި ސަރުކާރު ބަޖެޓުން ސ.ހިތަދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ސުޕަވައިޒްކުރުމަށްޓަކައި ސުޕަރވިޝަން ކޮންސަލްޓެންޓެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
2. މި ކޮންސަލްޓެންސީ މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ސުޕަވައިޒް ކުރުން، ޕްރެލިމިނަރީ ޑިޒައިން ޗެކުކުރުން، މެޓީރިއަލް ޗެކުކުރުން، މަސައްކަތްތައް ކޯޑިނޭޓްކުރުން، ފީލްޑް ސަރވޭތައް ސުޕަވައިޒްކުރުން، ކޮލިޓީ ކޮންޓްރޯލް އަދި ކޮލިޓީ އެޝުއަރެންސް ޕްލޭން ހެދުން، ޕްރޮޖެކްޓް ކޮސްޓު ކޮންޓްރޯލާއި ޕްރޮޖެކްޓް ޕްރޮގްރެސް ކޮންޓްރޯލް ޕްލޭން ހަދައި، އޮފިޑް ޕީ.އެމް.ޔޫ. އަށް/މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ރިޕޯޓްކުރުން ހިމެނެއެވެ. މީގެ އިތުރުން، އެކްސެޕްޝަން ޓެސްޓުތައް ސުޕަވައިޒްކޮށް، ބޭނުންވާ ސެޓުފިކެޓުތަކާއި ރިޕޯޓްތައް ހަދައި ހުށަހެޅުން، އޮޕަރޭޝަންސް އަދި މެއިންޓެނަންސް މެނުއަލް ތައްޔާރުކުރުން، މީހުން ތަމްރީނުކުރުމުގެ މަސައްކަތް ހިމެނެއެވެ. މިމަސައްކަތުގެ މުއްދަތަކީ 18 މަސްދުވަހެވެ.
3. މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.
4. މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެވާހަކަ ދަންނަވަމެވެ.
5. ވީމާ، މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 13:00ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑުރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަން
ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޜަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 296 3349 960+/ 106 3349 960+
ފެކްސް: 706 3320 960+
އީ މެއިލް: [email protected]
ކޮޕީ: [email protected]
