މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
މާކެޓިންގ އެޖެންސީއެއް ހޯދުން

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސްގެ ފަރާތުން ކުރަމުންދާ ތަފާތު މަސައްކަތްތަކާ ގުޅިގެން، ކުރިއަށްގެންދަންޖެހޭ މާކެޓިންގ ޙަރަކާތްތަކަށް މި ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިގޮތުން، ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން މާކެޓިންގ މެޓީރިއަލްތައް ޑިޒައިންކުރުމާއި، އިވެންޓްތަކާ ގުޅިގެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސޯޝަލް މީޑިއާގެ ޙަރަކާތްތައް ކުރިއަށް ގެންގޮސްދިނުން ހިމެނެއެވެ.

މަސައްކަތުގެ އަގެއްގެ ގޮތުގައި ހުށަހަޅާނީ މަސައްކަތް ކުރުމަށް ހުށަހަޅާ މަހު ފީ އެކެވެ. އަދި މި މަސައްކަތަކީ 1 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓެކެވެ. 

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 15:00 ގެ ކުރިން މ. ސަކައިމޫ (މޫކައި ސުއިޓްސް)، ހަވީރީ ހިނގުން، ތިންވަނަ ފަންގިފިލާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3008307 ނަންބަރު ފޯނަށް ގުޅުއްވުމަށް އެދެމެވެ.

ކުންފުނީގެ އެޑްރެސް:

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓެޑް

މ. ސަކައިމޫ (މޫކައި ސުއިޓްސް)، ތިންވަނަ ފަންގިފިލާ، ހަވީރީ ހިނގުން

މާލެ، ދިވެހިރާއްޖެ

1 ޞަފަރު 1438

02 ނޮވެންބަރު 2016
ހޯދާ